logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ސްޕިއަރ ފިޝިންގއަށް އަންނަ މަހު ހުޅުވާލަނީ

އިސްމާޢިލް ރާތިޢު
30 މާރިޗު 2026 - 04:09
ސްޕިއަރ ފިޝިންގއަށް އަންނަ މަހު ހުޅުވާލަނީ

އަންނަ މަހުތެރޭ ސްޕިއަރ ފިޝިންގއަށް ހުއްދަ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ސްޕިއަރ ފިޝިންގއަށް ހުއްދަދިނުމަށްޓަކައި އެކަމަށް ބޭނުންވާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމުގެ ގޮތުން ޓެކްނިކަލް ރެކްރިއޭޝަން ޑައިވިންގައި 40 މީޓަރަށް ޑައިވްކުރުމަށް ހުއްދަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި ޓެކްނިކަލް ރެކްރިއޭޝަން ޑައިވް ކުރެވެނީ 30 މީޓަރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ލޯ ސީޒަން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި ހުޅުވާލެވޭ އައު ފުރުސަތުތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ރާއްޖޭގައި ސްޕިއަރ ފިޝިންގ މަނާކުރި ފަހުން މިހާރު 40 ވަރަކަށް އަހަރުވެފައިވީ ނަމަވެސް ފަތުުރުވެރިކަން ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ސްފިއަރ ފިޝިންގއަށް ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕިއަރ ފިޝިންގއަށް އަންނަ މަހު ހުޅުވާލަނީޚަބަރު | 2 ގަޑިއިރު ކުރިންމަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އިފްތިތާޙުކޮށްފިޚަބަރު | 9 މަސް ކުރިން