މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އިފްތިތާޙުކޮށްފި
19 ޖޫން 2025 - 09:58

ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައ،ި "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" އިފްތިތާހުކޮށްފިއެވެ.
ސާފު ރާއްޖެ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.
ޤައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަޤުސަދުގައި މިސަރުކާރުން އިޢުލާނުކޮށްފައިވާ 'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ ދަށުން ހިންގުމަށް ރާވާފައިވާ އެކި މަސައްކަތްތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި، މާދަމާއިން ފެށިގެން 23 ޖުލައި 2025 އަށް "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation
ސާފުރާއްޖެ ބިލްޑިންގްގައި މިމަހާސިންތާ އިޢުލާނުކުރުމަށް މިއަދު ބޭއްވި ޙަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، އަލްފާޟިލް ޠާރިޤު އިބްރާހީމް ވަނީ މަހާސިންތާގެ ރަސްމީ ބްރޭންޑިންއާއި ވެބްސައިޓް އަދި ސޯޝަލްމީޑިއާ ހޭންޑްލްތައް ތަޢާރަފު ކޮށްދެއްވާފައެވެ. މީގެ އިތުރުން މިހަފްލާގައި މަހާސިންތާ ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް "އިވެންޓް މޯލްޑިވްސް" އާއި ޙަވާލުކުރުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
މިމަހާސިންތާއަކީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނިމެނޭޖްކުރުމާއި ގުޅުންހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ ބޭފުޅުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަހާސިންތާއެކެވެ.
ވަރލްޑް ބޭންކުގެ ހިލޭއެހީގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަހާސިންތާ އިއުލާނު ކުރުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، އަލްފާޟިލް ޠާރިޤު އިބްރާހީމް ވަނީ މިމަހާސިންތާ ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން ކުނި މެނޭޖުކުރުމަށް ރަށުފެންވަރާއި އަދި އަތޮޅު ފެންވަރުގައި މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ ސައްޙަ މައުލޫމާތު ކައުންސިލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިހާރު ހިނގަމުންދާ އަދި ކުރިއަށް ރޭވިފައިވާ ކުނި މެނޭޖުކުރުމުގެ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުން ހޯދޭ ނަތީޖާއާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި އެކި ފަރާތްތަކުގެ ދައުރު ފުރިހަމަގޮތުގައި އަދާކޮށް، ކުނި މެނޭޖުކުރުމުގެ ޤާނޫނީ އޮނިގަނޑުގެ މައުލޫމާތާއި އެކި ރަށްރަށުގެ ތަޖުރިބާ އާއި ކާމިޔާބީގެ މައުލޫމާތުގެ މައްޗައް ބިނާކޮށްގެން މެނުވީ ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

.jpg&w=3840&q=75)
