logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ވ. އަތޮޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ހަދަނީ

ޒިދާން މުޙައްމަދު
31 މާރިޗު 2026 - 13:43
ވ. އަތޮޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ހަދަނީ

ވ. އަތޮޅުގެ ފަތުރުވެރިކަމާއި އިގްތިސާދަށް ބޮޑު ބަދަލެއް ގެނައުމުގެ މަގުސަދުގައި، އެ އަތޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޕްރައިވެޓް ޖެޓް ވައިގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

"އަމަން އިންޓަނޭޝަނަލް ޕްރައިވެޓް އެއާޕޯޓް" ނުވަތަ "ވ. އިންޓަނޭޝަނަލް ޕްރައިވެޓް ޖެޓް އެއާޕޯޓް" ގެ ނަމުން ނަންދީފައިވާ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވ. ދިއްގަރު ފަޅުގެ ދެކުނު އިރުމަތީ ބިތުގައެވެ. މި އެއާޕޯޓް ތަރައްގީކުރުމަށްޓަކައި އެ ސަރަހައްދުން ގާތްގަނޑަކަށް 134 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެއާޕޯޓުގައި ހިމެނެނީ 2،400 މީޓަރު ދިގު އަދި 46 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ ބޮޑެތި ޕްރައިވެޓް ޖެޓްތަކަށް ފަސޭހަކަމާއެކު ޖެއްސޭނެ ފެންވަރަށް ފަރުމާކުރެވިފައިވާ ރަންވޭއެކެވެ.

މި މަޝްރޫއު ކުރިއަށްދާ ސަރަހައްދުގެ ތިމާވެއްޓަށް ބަލާއިރު، އެއާޕޯޓާ 4.5 ކިލޯމީޓަރު ދުރުގައިވާ ވ. ހިންގާކުޅި ފިނޮޅަކީ މިހާރުވެސް ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މީގެ އިތުރުން، ބިން ހިއްކާ ސަރަހައްދުގެ ހުޅަނގުން އެއް ކިލޯމީޓަރު ދުރުގައިވާ ފިނޮޅުތަކަކީ ގިނަ އަދަދަކަށް ދޫނި އަރާ އުޅޭ ސަރަހައްދުތަކެކެވެ. އެހެންކަމުން، މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި ދޫނިސޫފާސޫފިތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ އެވެ. އެގޮތުން، ކަމާބެހޭ މާހިރުންގެ ލަފާގެ މަތިން، ދޫނިތަކަށް ހާއްސަކޮށްގެން އެއް ހެކްޓަރުގެ މަސްނޫއީ ރަށެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއާޕޯޓަކީ ވ. އަތޮޅަށް ޒިޔާރަތްކުރާ މުއްސަނދި ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައަކަށް ވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އިގްތިސާދު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަޝްރޫއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވ. އަތޮޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ހަދަނީޚަބަރު | 2 ގަޑިއިރު ކުރިން