logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ޑައިވަރުން ގެއްލުނު ހާދިސާގައި އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ހިފަހައްޓައިފި

 ފަތުރުވެރިއަކު ޑައިވިން ކުރަނީ
ފަތުރުވެރިއަކު ޑައިވިން ކުރަނީ

ޑައިވަރުން ގެއްލުނު ހާދިސާގައި އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ހިފަހައްޓައިފިއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާއި ގުޅިގެން "އެމް.ވީ. ޑޫކް އޮފް ޔޯކް" އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ވަކި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަމަށެވެ. އަދި ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެކަމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޑައިވަރުން ގެއްލުނު ކަމަށްބެލެވޭ މި ކޭވް ހިމެނޭ ސަރަޙައްދަކީ އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި، ޑައިވަރުންވެސް ޑައިވްކޮށް އުޅޭ ސަރަޙައްދަށްވުރެ ފުން، އަދި ޚާއްސަ އާލާތްތަކެއް ހިފައިގެން ނޫނީ ޑައިވްކުރެވޭ ހިސާބެއްނޫނެވެ. ކޭވް ފެށެނީ 45 މީޓަރު އަޑިންނެވެ. އަދި ކޭވްއިން ނިކުމެވޭއިރު 60 މީޓަރު އަޑިއަށް ދެވެއެވެ. ޑައިވަރުން ހޯދުމަށްޓަކާ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ހައި ރިސްކު އޮޕަރޭޝަނެއް ހިންގަމުންނެވެ.

އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މި ހިނގާ މެއި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ.

މި ޙާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ.

މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ބޭރުންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ އަނބިމީހާ ވިއްކާލާނެކަމަށް ބުނެ ބިރު ދެއްކި މައްސަލައެއްޚަބަރު | 19 ގަޑިއިރު ކުރިންއަނބިމީހާ "ހައްޔަރުކޮށްގެން" ހަށިވިއްކުވި ބިދޭސީއަކު ހައްޔަރު ކޮށްފި!ޚަބަރު | ދުވަހެއް ކުރިންމާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފިޚަބަރު | 2 ދުވަސް ކުރިންފެރިދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 4 ދުވަސް ކުރިން