logoEN
ޚަބަރު

ރައީސްގެ އިންޑިއާ ދަތުރުފުޅަކީ އިދިކޮޅު ފަރާތްތަކަށް މާޔޫސްކަން ގެނުވި ދަތުރެއް: މުބީން

ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ އަދި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު މުބީން  ފޮޓޯ--/ މެންދުރު ޓީވީ

ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ އަދި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު މުބީން ފޮޓޯ--/ މެންދުރު ޓީވީ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން

10 އޮކްޓޯބަރު 2024 - 16:59

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އިދިކޮޅު ފަރާތްތަކަށް މާޔޫސްކަން ގެނުވި ދަތުރެއް ކަމަށް ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ އަދި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

މެންުދުރު ޓީވީ އިން ގެނެސްދިން މައުޟޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މި ދަތުރުން މާޔޫސްކަން ލިބުނު އެންމެ ބޮޑު ސަބަބަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ރާއްޖެއަށް މި ދަތުރުން އެތައް މަންފާއެއް ހާސިލްވުމުން ކަމަށެވެ.

މުބީން ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޙުގައި ވެސް މިފަދަ ދަތުރަކުން މިހާ ގިނަ ފައިދާ ކުރުވަނިވި ކަންކަން ހާސިލްވި ފުރަތަމަ ދަތުރު ކަމަށެވެ. އެގޮތުން ވިޔަފާރި އެއްބަސްވުންތަކާއި އިގްތިސާދީ ލާބަ އާއި މަންފާ ލިބޭނެ އެއްބަސްވުންތަކާއި އިމާރާތްކުރުމާއި ބެހޭ އެއްބަސްވުންތަކުގެ އިތުރަށް ޑިވެލޮޕްމެންޓް ބޭންކެއް ރާއްޖޭގައި ޤާއިމް ކުރުމަށް ވެވުނު އެއްބަސްވުމަކީ ރާއްޖޭގެ ތާރީހޚުގައި މީގެކުރިން ހޯދިފައިނުވާފަދަ ބޮޑެތި ކުރިއެރުންތައް ކަމަށް މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކެއް ރާއްޖޭގައި ހުރުމުން ހަމައެކަނި ނިމުނީ ނޫން ކަމަށާއި އިންވެސްޓަރުންގެ އިތުބާރުވެސް ބޭނުންވާނެ ކަމަށެވެ. އަދި ރައީސްގެ މިދަތުރުފުޅުގައި އިންޑިއާގެ ވިޔަފާރިވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެއަށް ފައިދާ ކުރުވަނިވި އިންވެސްޓްމެންޓްތައް ހޯދޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އިންޑިއާ އާއި އެކު ވެވުނު ލޯކަލް ކަރަންސީ ސެޓްލްމެންޓް ގެ މުހިއްމުކަން މުބީން ވަނީ ފާހަގަ ކުރައްވާފައިވެއެވެ. މުބީން ވިދާޅުވީ މި ވާހަކަތައް ދައްކަވަނީ ސަރުކާރުގެ އިސް މަގާމެއް ފުރުއްވާ ބޭފުޅެއްގެ ހައިސިއްޔަތަކުން ނޫންކަމަށާއި އެބޭފުޅާ ވާހަކަ ދައްކަވަނީ އާއްމު ރައްޔިތެއްގެ ތަސައްވުރުން ކަމަށެވެ.

އިންޑިއާ އާއި އެކު ވެވުނު ލޯކަލް ކަރަންސީ ސެޓްލްމެންޓް ގެ ސަބަބުން ދެގައުމުގެ ދެމެދުގައި ރުފިޔާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ގޮތް ފެށި ދެގައުމުގެ ރައްޔިތުންނަށް އޭގެ ބޮޑެތި ފަސޭހަތައް ލިބިގެންދާނެ. މިއީ ރާއްޖޭގެ ތާރީޙުގައި ވެސް މިފަދަ އެއްބަސްވުމެއް އެކުލަވާލައި އެއަށް ޢަމަލު ކުރަން ފެށި ފުރަތަމަ ފަހަރު. އިންޑިއާ ކުޑަޔަސް އަހަރުމެންގެ ރާއްޖެ ބަލައިގަނޭ. އަހަރުމެންނަށް ރެސްޕެކްޓް ކުރޭ. އަހަރުމެންނާއި ގާތް ގުޅުމެއް ބާއްވަން ބޭނުންވޭ. ދިވެހިންނަކީ މިނިވަންކަމަށް ލޯބި ކުރާ ބައެއް. ކުރީގެ ސަރުކާރުން ވަނީ އެކަން ދޫކޮށްލާފައި- އަހްމަދު މުބީން

ރައީސްގެ މިދަތުރުފުޅުގައި ވެވުނު އެއްވެސް އެއްބަސްވުމެއް ރާއްޖޭގެ ރައްޔިތުންނަށް ސިއްރުކޮށްފައިނުވާނެ ކަމަށާއި ކުރިން ގެއްލުނު އިތުބާރު މިދަނީ ހޯދަމުން ކަމަށް ވެސް މުބީން ގެ މިވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމުގައި މިސަރުކާރުގެ އެއްވެސް ނުކިއްސަރު ކަމެއް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ،

ރައީސް ވަނީ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ބައްދަލުކުރައްވާ ބޮލީވުޑް ގެ ތަރިން ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް އެ އިންޑަސްޓްރީން އުފައްދާ ފިލްމުތަކުގެ މަންޒަރު ރާއްޖޭގައި ނެގުމަށް ދައުވަތު ދެއްވާފައެވެ.

ކޮމެންޓް

871x217_placeholder