ސަރުކާރުގެ ބޭސް ކުންފުނީގެ ހާއްސަ ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލްއެއް ތައާރަފްކޮށްފި!
1 އޭޕްރީލު 2026 - 10:40

ބޭސް ހޯދުމަށް ފަސޭހަކޮށްދިނުމަށް ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލް ތައާރަފްކޮށްފިއެވެ.
މި ހޮޓްލައިންގެ ޚިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން ބުނެފައިވއެވެ.

Ad by Hajj Corporation
ދައުލަތުގެ ބޭސްކުންފުނިން ތައާރަފް ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 1505 އެވެ. މިއީ 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފްކޮށްފައިވާ ޚިދުމަތެކެވެ. އެކުންފުނިން ބުނީ މި ނަންބަރު ތައާރަފްކޮށްފައިވަނީ ދިވެހިރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކަމަށެވެ. އަދި ބޭސް ހޯދުމާއި އެކަމާއި ގުޅޭ މައުލޫމާތު މި ނަންބަރު މެދުވެރިކޮށް ލިބޭނެ ކަމަށް ދައުލަތުގެ ބޭސްކުންފުނިން ވަނީ ބުނެފައެވެ.
އެ ކުންފުނިން އިތުރަށް ބުނީ، މި ޚިދުމަތް ފަށަނީ އަސާސީ ބޭސްތައް ހޯދުމަގައި އެހީތެރިވެދިނުމަށް ކަމަށާއި،އަދި އެހެން މަރުހަލާތަކަށް ބަހާލައިގެން އިތުރު ބޭސްތައް ހޯދުމާއި އެހެނިހެން ޚިދުމަތްތައް އެދުމަށް މަގުފަހިކޮށްދެވޭނެކަމަށްށެވެ. މި ހޮޓްލައިނަށް ގުޅައިގެން އަސާސީ ބޭސްތަކަށް އޯޑަރ ދިނުމާއި އެ ބޭސްތައް އެ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ދެވިފައިވާ އޯޑަރުތަކުގެ އަދާހަމަ ބަލާލުމާއި އެކަމާއި ގުޅޭ މައުލޫމާތު ހޮޓަލައިން މެދުވެރިކޮށް ލިބޭނެ ކަމަށް ބޭސް ކުންފުނިން ވަނީ ބުނެފައެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އެ ކުންފުނި އުފެއްދެވީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުންނެވެ. މިކުންފުންޏާއެކު ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމް ޒަމާނީ ފެންވަރަށް ވިލަރެސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ބޭހާއި ސިއްހީ އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ދަނީ މުހިއްމު މަސައްކަތަކެއް ކުރަމުންނެވެ.

.jpg&w=3840&q=75)
