logo
ފިނޭންސް މިނިސްޓަރ މުސާ ޒަމީރު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ބޭހުގެ މައްސަލަ ހައްލުކުރަން ނިޒާމީ ބަދަލުތަކެއް ގެންނަންޖެހޭ: ޑރ. ޝާހް

ބޭހުގެ މައްސަލަ ހައްލުކުރަން ނިޒާމީ ބަދަލުތަކެއް ގެންނަންޖެހޭ: ޑރ. ޝާހް

ބޭހުގެ މައްސަލަ ހައްލުކުރަން ނިޒާމީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް ބޭސް ލިބުމުގައި ނިޒާމީ ގޮތެއްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާ ޑރ. ޝާހު ވިދާޅުވީ މުޅި ނިޒާމު ހަރުދަނާ ކުރަން ގިނަ މަސައްކަތްތައް ކުރަން ޖެހޭކަމަށެވެ. އޭގެތެރޭގައި ބޭސް އެތެރެކުރުމުގެ މަރުހަލާގައި ހުރި ގޮންޖެހުންތަކާއި، ވަކި ބޭސްތަކަކީ ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓައިގެން ގެންނަން ޖެހޭ ބޭހަށްވުމުން ހުރި ދަތިތަކާއި، ބޭރުން ހާއްސަ ބޭސްތައް ހޯދުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ބޭހުގެ ކޯޑުތައް އިދާރާތަކުގެ މެދުގައި އެއްހަމަ ކުރުމާއި، އެކި ވައްތަރުގެ އެކި ބްރޭންޑްތަކުގެ ބޭސް ހުރުމުގެ ސަބަބުން ބޭސްތައް ލިއުމުގައި ހުރި ކަންކަންވެސް ހައްލުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިކަންކަން ހައްލުކުރަން އެހެން އިދާރާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިކަން ހައްލުކުރުމަށް އެކުންފުނިން ދުރާލާ ގެނެވޭނެ ބޭސްތައް ގެނެސް، ސްޓޮކް މެއިންޓެއިންކޮށް މުޅި ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝާހް ވިދާޅުވިއެވެ. އޭނާ ވަނީ އެކުންފުނީގެ މަސައްކަތްތަކުން ނަތީޖާ 6 މަސް ތެރޭ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދައުލަތުގެ ބޭސް ކުންފުންޏަކީ ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އެކަމަށް ހާއްސަ ކުންފުންޏެއްގެ ދަށުން އެ މަސައްކަތް ކުރުމަށް އުފެއްދި ކުންފުންޏެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭހުގެ މައްސަލަ ހައްލުކުރަން ނިޒާމީ ބަދަލުތަކެއް ގެންނަންޖެހޭ: ޑރ. ޝާހްޚަބަރު | 2 ގަޑިއިރު ކުރިންސަރުކާރުގެ ބޭސް ކުންފުނީގެ ހާއްސަ ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލްއެއް ތައާރަފްކޮށްފި!ޚަބަރު | 2 މަސް ކުރިންރާއްޖެ އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ އަދަދު 900 އަށް އިތުރުކުރެވިއްޖެ: ވަޒީރު ނާޒިމްޚަބަރު | 5 މަސް ކުރިންރާއްޖެއަށް ބޭސް އެތެރެކުރުމަށް ޙާއްޞަ ކުންފުންޏެއް އުފައްދަނީ ޚަބަރު | އަހަރެއް ކުރިން