logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ އަދަދު 900 އަށް އިތުރުކުރެވިއްޖެ: ވަޒީރު ނާޒިމް

އިސްމާޢިލް ރާތިޢު
5 ޖެނުއަރީ 2026 - 13:58
ރާއްޖެ އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ އަދަދު 900 އަށް އިތުރުކުރެވިއްޖެ: ވަޒީރު ނާޒިމް

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ އަދަދު، 200 އިން 900 އަށް އިތުރުކުރެވިފައިވާ ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ބޭސްފިހާރަތަކުން ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ލުއިތަކާއި ކުރިއެރުން ލިބެމުން އަންނަކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ބޭހުގެ މައްސަލަ ހައްލު ވާއިރު، ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓު ވެސް އިތުރުކޮށް، ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓު ވެސް ފުޅާވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭހުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަމަށާއި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ވެސް ވަރަށް ގާތުން ބަލާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުރިން ބޭސް އެތެރެކުރި މިންވަރާ އަޅާބަލާއިރު މިހާރު ވަރަށް ބޮޑުތަނުން އިތުރު ކޮށްފައިވާ ކަމަށް ވެސް ވަޒީރު ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އުސޫލުތައް ހަރުދަނާކޮށް، ފަރުވާގެ ގައިޑްލައިންތައް ހަރުދަނާ ކޮށްފައިވާ ކަމަށާއި މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓުގެ ގައިޑްލައިން އެކުލަވާލާފާއިވާކަމަށް ވަޒީރު ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން ފަރުވާދިނުމުގައި ޑޮކްޓަރުންނާއި ފަރުވާ ހޯދާ މީހުން ބޭނުންކުރާނެ ބޭސްތައް އެންމެ އެކަށޭނެ ގޮތެއްގައި ކަނޑައެޅޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި މިދިޔަ އަހަރު ސެޕްޓެމްބަރު 9 ގައި ހާއްސަ ކުންފުންޏެއް އުފައްދާފައެވެ.

ބޭސް ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޝަކުވާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ އެކި ނިޒާމުތައް ތައާރަފު ކޮށްގެން ވެސް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށެވެ. ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އޭގެ ތެރެއިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ އަދަދު 900 އަށް އިތުރުކުރެވިއްޖެ: ވަޒީރު ނާޒިމްޚަބަރު | 3 ދުވަސް ކުރިންދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަން އަދި ނޭނގޭ: ވަޒީރު ނާޒިމްޚަބަރު | 3 ދުވަސް ކުރިންދުވާފަރު ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންސްޓޭޓް ފާމަސޫޓިކަލްއަކީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ވަޒީރު ޚަބަރު | 2 މަސް ކުރިން