logo
ޚަބަރު

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ޙާއްޞަ ކުންފުންޏެއް އުފައްދަނީ

އަޙްމަދު ޒަލީފް
23 ޖޫން 2025 - 11:43
ރާއްޖެއަށް ބޭސް އެތެރެކުރުމަށް ޙާއްޞަ ކުންފުންޏެއް އުފައްދަނީ

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް އުފައްދަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބޭހާ ގުޅުން ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ކެބިނެޓުން ނިންމާފައިވާ ކަމަށާއި އަދި ލަސްތަކެއް ނުވެ، އެކުންފުނި ވުޖޫދަށް ގެންނާނެކަމަށް ރާއްޖޭގެ އޮންލައިން މީޑިޔާއަކަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއިން ބައެއް ބޭސްތައް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމަށް، އެސްޓީއޯއިން ވަނީ ދާދިފަހުން އިންޑިއާ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިފަދަ އެއްބަސްވުމެއް ވެވުނީ މިދިޔަ ދެތިން މަހުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމުގެ މަގްސަދުގައެވެ.

ބޭސް އެތެރެކޮށް، ތަންތަނަށް އެ ފޮނުވުމަށް ވަކި ކުންފުންޏެއް އުފެއްދުމުން، ބޭހާ ގުޅޭގޮތުން އެސްޓީއޯއިން މިހާރު ކުރާ ހުރިހާ މަސައްކަތެއް ދެން ބަދަލުވާނީ އައު ކުންފުންޏަށް ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންސިއުލިން ދިނުން ހުއްޓާލައިފައެއް ނުވާނެ: އާސަންދަޚަބަރު | 15 ދުވަސް ކުރިންއަހަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި ޚަބަރު | މަހެއް ކުރިންބޭހަށް އަގު ކަނޑައެޅުމުގެ އުސޫލެއްނެތް، އާސަންދަ ލިސްޓަށް ބޭސް އިތުރުކުރަން ދިގު މުއްދަތެއް ހޭދަވޭޚަބަރު | މަހެއް ކުރިންއާސަންދައިން ލިބެން ހުންނަ ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅަނީ ޚަބަރު | 2 މަސް ކުރިން