logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ގަވައިދަށް ނުފައްތާ ތިބި ބިދޭސީންނަށް އިތުރު މުހުލަތެއް ދީފި

އިސްމާޢިލް ރާތިޢު
1 އޭޕްރީލު 2026 - 12:01
ގަވައިދަށް ނުފައްތާ ތިބި ބިދޭސީންނަށް އިތުރު މުހުލަތެއް ދީފި

ރައްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީން ގަވައިދަށް ފެއްތުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ދިން މުހުލަތުގެ ތެރޭގައި އެކަން ނުކޮށް ތިބި މީހުން ގަވައިދުގެ ތެރެއަށް ވަނުމަށް، ފަހު ފުރުސަތެއް އެވުޒާރާއިން ދީފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށްގެން އޮޕަރޭޝަން ކުރަނގީގެ ދަށުން ވުޒާރާއިން ހިންގާ "މާސް ލީގަލައިޒޭޝަން" ޕްރޮގްރާމުގެ މުއްދަތު، ވަޒީފާދޭ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތީން 02 މެއި 2026 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިއީ، މިގޮތަށް ދެވޭ އެންމެ ފަހު ފުރުސަތުކަމަށް ވުޒާރާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އަންނަނީ ރާއްޖޭގައި ޒަމާނުއްސުރެ ބޮޑު މައްސަލައަކަށް ވެފައިވާ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯ ޑޭޓާ ނަގާ، ޑޭޓާބެށް އެއް އެކުލަވާލުމުގެ މަސައްކަތާއި، ދަންވަރު 12 ގެ ފަހުން މަގުމަތީ އުޅޭ ބިދޭސީންނާ ސުވާލުކުރުން ފަދަ ގިނަ މަސައްކަތްތަކެއް މިސަރުކާރުން އަންނަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވައިދަށް ނުފައްތާ ތިބި ބިދޭސީންނަށް އިތުރު މުހުލަތެއް ދީފިޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންގަވާއިދާ ޚިލާފަށް އުޅެމުންދިއަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | 3 މަސް ކުރިންހުޅުމާލޭގައި ހިންގާ އިތުރު ސެލޫންތަކެއް ބަލައި ފާސްކޮށްފިޚަބަރު | 3 މަސް ކުރިން