logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ވޯލްޑްކަޕަށް ކޮލިފައިނުވުމާއެކު ގަޓޫސޯ އިޓަލީގެ ކޯޗުކަމުން އިސްތިއުފާދީފި

އަބްދުﷲ ޣާނިމް
3 އޭޕްރީލު 2026 - 13:09
ވޯލްޑްކަޕަށް ކޮލިފައިނުވުމާއެކު ގަޓޫސޯ އިޓަލީގެ ކޯޗުކަމުން އިސްތިއުފާދީފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ކޮށްދިނުމުގައި ނާކާމިޔާބުވުމާ ގުޅިގެން، އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ޖެނާރޯ ގަޓޫސޯ ވަކިވެއްޖެއެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (FIGC) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގަޓޫސޯގެ ކޮންޓްރެކްޓް އުވާލާފައިވަނީ ދެފަރާތް އެއްބަސްވާ އުސޫލެއްގެ މަތިންނެވެ.

މިދިޔަ އަހަރު އިޓަލީގެ ކޯޗުކަމާ ހަވާލުވި ގަޓޫސޯ މަގާމުން ވަކިވާން ނިންމީ، ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭ-އޮފް ފައިނަލުގައި ބޮސްނިއާ އެންޑް ހެރްޒެގޮވިނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، މުބާރާތަށް ކޮލިފައި ނުވުމުންނެވެ. މިއީ އިޓަލީއަށް ކުރިމަތިވި ވަރަށް ބޮޑު މާޔޫސްކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަގާމުން ވަކިވުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ގަޓޫސޯ ބުނީ، ކަނޑައެޅި ލަނޑުދަނޑި ހާސިލް ނުވުމުން، ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި އޭނާ ހޭދަކުރި ވަގުތު ނިމުމަކަށް އައިސްފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. "އިޓަލީގެ ޖާޒީއަކީ ފުޓްބޯޅައިގައި އޮތް އެންމެ އަގުބޮޑު އެސެޓް. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ޓެކްނިކަލް ގޮތުން ގެންނަންޖެހޭ ބަދަލުތަކަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް،" ގަޓޫސޯ ބުންޏެވެ.

ގަޓޫސޯ ވަނީ އޭނާއަށް ކުރި އިތުބާރާއި ދިން އެއްބާރުލުމަށްޓަކައި ފެޑެރޭޝަންގެ ރައީސް ގަބްރިއަލް ގްރަވީނާ އާއި ޖިއަންލުއިޖީ ބުފޮންގެ އިތުރުން ފެޑެރޭޝަންގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ގައުމީ ޓީމަށް އިރުޝާދު ދިނުމަކީ ލިބުނު ފަޚުރެއް ކަމަށާއި، ކުޅުންތެރިން ދެއްކި ހިތްވަރާއި ވަފާތެރިކަން ފާހަގަކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ވާހަކަ ނިންމާލަމުން ގަޓޫސޯ ވަނީ އިޓަލީގެ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. "އެންމެ ބޮޑު ޝުކުރެއް ހައްގީ ސަޕޯޓަރުންނަށް. މިދިޔަ މަސްތަކުގައި ގައުމީ ޓީމަށް ދިން ލޯތްބާއި ސަޕޯޓަށް ހުރިހާ އިޓަލީ ރައްޔިތުންނަށް ޝުކުރު ދަންނަވަން. އަބަދުވެސް އިޓަލީ ޓީމު އޮންނާނީ އަހަރެންގެ ހިތުގައި،" އޭނާ ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕަށް ކޮލިފައިނުވުމާއެކު ގަޓޫސޯ އިޓަލީގެ ކޯޗުކަމުން އިސްތިއުފާދީފިކުޅިވަރު | 2 ގަޑިއިރު ކުރިންގިނަބައެއްގެ ނުރުހުމުގައި ގަދަބާރުން ސްނައިޕަރުން އަތުރައިގެން އިސްރާއީލުން އިޓަލީއާއި ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެކުޅިވަރު | 6 މަސް ކުރިންއެމްބާއްޕޭ އޮންރީއާއި އަރާހަމަކުރިއިރު، އިޓަލީއަށް ފަސޭހަ މޮޅެއްކުޅިވަރު | 7 މަސް ކުރިންއިޓަލީގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ގަޓޫސޯކުޅިވަރު | 10 މަސް ކުރިން