އޮޅިގެން ނުބައި ފޮށްޓަކަށް ވޯޓުކަރުދާސްކޮޅު ލެވުނަސް ބާތިލެއް ނުވާނެ
4 އޭޕްރީލު 2026 - 10:30

އޮޅިގެން ނުބައި ފޮށްޓަކަށް ވޯޓުކަރުދާސްކޮޅު ލެވުނަސް ވޯޓު ބާތިލު ނުވާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ މި އިންތިހާބުތަކުގައި ވޯޓުލާންދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޫކުރާނެ ކަމަށާއި އުސޫލެއްގެ ގޮތުން ކޮންމެ ކަރުދާސްކޮޅެއްވެސް ވައްޓާލަންޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ފޮށްޓަށް ކަމަށެވެ. އެހެންނަމަވެސް، ވޯޓުލާ މީހާއަށް އޮޅިގެން އެ ނޫން ފޮށްޓަކަށް ކަރުދާސްކޮޅު ލެވުނު ނަމަވެސް، އެ ވޯޓު ގުނާނެ ކަމަށް ވަނީ ބުނެފައެވެ.

Ad by Hajj Corporation
" އޮޅިގެން ނުބައި ފޮށްޓަކަށް ވޯޓުކަރުދާސްކޮޅު ލެވުނު ކަމުގައިވިޔަސް އެ ވޯޓެއް ބާތިލުނުވާނެ."
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ވޯޓް ލުމަށް ކޮންމެ މަރުކަޒެއްގައި ތިން ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އިންތިހާބާ ގުޅޭގޮތުން މައުލޫމާތުދެމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު ސަލާހް ވިދާޅުވީ އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލާ ކޮމިޓީއަށް މިހާތަނަށް 10 ޝަކުވާއެއް ހުށަހެޅިފައި ވާކަމަށެވެ. މީގެ ތެރޭގައި ކެމްޕެއިން ކުރުން މަނާ ވަގުތުގައި ކެމްޕެއިން ކުރި މައްސަލަތަކާއި، އޮޅިގެން ނުބައި ފޮށްޓަކަށް ވޯޓުލެވުމުން ވޯޓު ބާތިލުވެދާނެތޯ ސުވާލުކޮށް ހުށަހަޅާފައިވާ ކަންބޮޑުވުންތައް ހިމެނެއެވެ.
މި ޝަކުވާތަކާ ގުޅިގެން ސަލާހް ވިދާޅުވީ އޮޅިގެން ނުބައި ފޮއްޓަކަށް ވޯތް ކަރުދާސްކޮޅު ލެވުނު ނަމަވެސްް އެ ވޯޓް ބާތިލު ނުވާނެ ކަމަށެވެ.
މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

.jpg&w=3840&q=75)
