5 ޖެހުމާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި
4 އޭޕްރީލު 2026 - 10:59

5:00 ޖެހުމާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އީސީން ބުނިގޮތުގައި އިތުރު ކުރި ވަގުތާއެކު ހަވީރު 5:00 ޖެހުމުގެ ފަހުން އެއްވެސް މީހަކަށް ކިޔޫއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި އެ ވަގުތުގައި ކިޔޫގައި ތިބި ބަޔަކު ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެއެވެ.
ވޯޓުލުމުގެ ޙައްގު 2294،876 މީހުންނަށް ލިބިގެންވާއިރު، މިއަދު މެންދުރު 2:00 އާ ހަމައަށް އީސީން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި 131،947 މީހުން ވަނީ ވޯޓުލާފައެވެ. އެއީ 63،175 އަންހެނުންނާއި 6،8772 ފިރިހެނުންނެވެ.
މިހާތަނަށް ވޯޓުނުލަނީ 162،929 މީހުންނެވެ. އެހެންކަމުން ވޯޓު ކިޔޫތައް ބަންދުކުރުމުގެ ކުރިން ވީހާވެސް ގިނަ މީހުން ވޯޓުލުމުގެ ޙައްގު އަދާކުރުމަށް ކިޔޫގައި ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.
މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

Ad by Hajj Corporation

.jpg&w=3840&q=75)
