logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ގަޑި ހަމަވުމުން ކިޔޫތައް ބަންދުކޮށްފި

ޒިދާން މުޙައްމަދު
4 އޭޕްރީލު 2026 - 12:49
މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 -- ފޮޓޯ: ވާދޫ ލައިވް
މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 -- ފޮޓޯ: ވާދޫ ލައިވް

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގައި ވޯޓު ފޮޮށިތަކުގެ ކިޔޫ ހަވީރު 5 ޖެހުމާއެކު ބަންދުކޮށްފިއެވެ.

މި އިންތިޚާބުތަކުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި މައުލޫމާތުން ދައްކާގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންދާ 62.98 އިންސައްތަ މީހުންނެވެ. އެއީ 185،709 މިހުންނެވެ.

މިހާތަނަށް ވޯޓުލި މީހުންގެ ތެރޭގައި 92،567 އަންހެނުންނާއި 93،142 ފިރިހެނުން ހިމެނެއެވެ.

މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. މިހާތަނަށް ވޯޓުނުލަނީ 109،167 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ %37.02 މީހުންނެވެ.

މި އިންތިޚާބުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ. ވޯޓު ގުނުން ފެށިގެންދާނީ ކިޔުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްފަހު ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ނިންމުން 2026ޚަބަރު | 6 މިނިޓު ކުރިންގަޑި ހަމަވުމުން ކިޔޫތައް ބަންދުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން5 ޖެހުމާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއޮޅިގެން ނުބައި ފޮށްޓަކަށް ވޯޓުކަރުދާސްކޮޅު ލެވުނަސް ބާތިލެއް ނުވާނެޚަބަރު | 4 ގަޑިއިރު ކުރިން