ނުރަސްމީ ދަތުތުފުޅެއްގައި ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
27 އޯގަސްޓު 2024 - 04:22
ނުރަސްމީ ދަތުތުފުޅެއްގައި ރައިސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ރޭ، ސިންގަޕޫރަށް ފުރާވަޑައިގަންނަވާފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، އާރަށުގައި ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން މީގެ ދެތިންރޭ ކުރިން އައިޖީއެމްއެޗްއަށް ދުރުވިކަމަށް ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން، ރައީސް ސިންގަޕޫރަށް ވަޑައިގެންނަވަނީ، އެ އަނިޔާއަށް ފަރުވާ ހޯއްދެވުމަށް ކަމަށް ވެސް، ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އެކަން މަޞްދަރުތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.