logo
E-Platinum
ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިން: އާޖެންޓީނާ އެއްވަރު، ބްރެޒިލް އިން ޗިލީ ހައިރާންކޮށްލައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 އޮކްޓޯބަރު 2024 - 11:24
ވޯލްޑް ކަޕް ކޮލިފައިން: އާޖެންޓީނާ އެއްވަރު، ބްރެޒިލް އިން ޗިލީ ހައިރާންކޮށްލައިފި

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގައި ރޭ އާޖެންޓީނާ އިން ވެނެޒުއެލާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވިއިރު، ބްރެޒިލް އިން ފަހަތުން އަރައި ޗިލީ ބަލިކޮށްފިއެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އިންޖަރީއިން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު އެއްވަރުވީ އެއް ލަނޑު، އެއް ލަނޑުންނެވެ. އެ މެޗުގައި އެންމެ ފުރަތަމަ ގޯލު ޖަހައި، ލީޑު ވެސް ނެގީ އާޖެންޓީނާއިންނެވެ. އެ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ، ނިކޮލަސް އޮޓަމެންޑީއެވެ.

އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ގޯލެއް ޖަހައި، ވެނެޒުއެލާއިން މެޗު އެއްވަރުކުރިއެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފޯވާޑް ސޮލޮމަން ރޮންޑޮން އެވެ.

އޭގެ އިތުރުން، ރޭ ބްރެޒިލް އާ ޗިލީ ކުޅުނު މެޗުގައި، އެންމެ ފުރަތަމަ ގޯލު ޖެހީ ޗިލީއިންނެވެ. އެ ލަނޑު ޗިލީ އިން ޖެހީ މެޗުގެ ދެ ވަނަ މިނެޓުގައު، އެޑޮއާޑޯ ވާގަސް އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި، ބްރެޒިލް އިން މެޗު އެއްވަރުކުރިއެވެ. އެ ލަނޑު ބްރެޒިލްއަށް ޖަހައިދިނީ އީގޯ ޖީސޫސް އެވެ.

download (1).jpg

ދެވަނަ ހާފުގައި ބްރެޒިލް އިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިން އިރު، އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ލުއިޒް ހެންރީކޭ އެވެ.

އެ ނަތީޖާތަކާ އެކު، ކޮލިފައިންގެ އެއް ވަނައިގައި އާޖެންޓީނާ އޮތީ ނުވަ މެޗުން 19 ޕޮއިންޓާ އެކު އެވެ. ބްރެޒިލަށް ވަނީ ނުވަ މެޗުން ލިބުނު 13 ޕޮއިންޓާ އެކު ހަތަރު ވަނަ ލިބިފަ އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯޅަ މައްޗަށް އެރުން ބްރެޒިލްގައި މަނާކޮށްފިކުޅިވަރު | 4 މަސް ކުރިންއާޖެންޓީނާގެ ކުޅުންތެރިން ރަފީނިޔާ އާއި ދިމާކޮށް ސުކޫތެއް ގެނެސްފިކުޅިވަރު | 4 މަސް ކުރިންއާޖެންޓީނާ ސައިޒަށް ކަނޑަންދިޔަ ރަފީނިޔާ ސައިޒަށް ކަނޑައިފިކުޅިވަރު | 4 މަސް ކުރިންލެޓްވިޔާގެ ބަލިކޮށް އިންގްލެންޑުން ކޮލިފިކޭޝަން ފެށީ ގަދަކޮށްކުޅިވަރު | 4 މަސް ކުރިން