logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ތަކެތީގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ދަނީ ދެނެގަންނަމުން: ވަޒީރު ސަޢީދު

ޒިދާން މުޙައްމަދު
7 އޭޕްރީލު 2026 - 11:47
 އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ކާބޯތަކެއްޗާއި އަސާސީ މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް ގާތުން ދެނެގަތުމުގެ މަސައްކަތްކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ޖުމްލަ 164 ބާވަތެއްގެ މުދާ މިހާރުވެސް ވަރަށް ގާތުން މޮނިޓަރ ކުރަމުން ދާ ކަމަށެވެ.

މީގެ ތެރޭގައި ކައްކާ ގޭހާއި، ތެލާއި، ހަނޑޫ، ހަކުރު އަދި ފުށް ފަދަ ކޮންމެހެން ބޭނުންވާ ތަކެތީގެ އިތުރުން، އެހެނިހެން 26 ބާވަތެއްގެ މުދާ ދަތިވިޔަ ނުދީ ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

cb73d783-ffc5-4d54-8f55-29cd5fe41267.jpg

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު



ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ކަމަށެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ކާބޯތަކެތި ހޯދުމުގައި ބޭރުގެ މާކެޓްތަކާއި ސަޕްލަޔަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ގިނަ ފަރާތްތަކަކާ ގުޅިގެން ކުރެވުނު މަސައްކަތުން، އެއްވެސް ބާވަތެއްގެ އަސާސީ މުދަލަކަށް ނުޖެހި، ބޭނުންވާ މިންވަރަށް ތަކެތި ލިބޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ކަމާބެހޭ އެޖެންސީތަކާ ބައްދަލުކޮށް، ކުރިއަށް އޮތް ތަނުގައިވެސް މި ނިޒާމު މިގޮތަށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ރޭވިފައިވާ ކަމަށެވެ. އެގޮތުން، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ބާޒާރަށް ކުރާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަކެތީގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ދަނީ ދެނެގަންނަމުން: ވަޒީރު ސަޢީދުޚަބަރު | ގަޑިއިރެއް ކުރިން