logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއި އިންޑިއާގެ މަޝްވަރާތަކުން ދެމެހެއްޓެނިވި ތަރައްޤީއެއް ލިބޭނެ: ވަޒީރު ސަޢީދު

ޒިދާން މުޙައްމަދު
10 ޖުލައި 2026 - 11:55
ރާއްޖެއާއި އިންޑިއާގެ މަޝްވަރާތަކުން ދެމެހެއްޓެނިވި ތަރައްޤީއެއް ލިބޭނެ: ވަޒީރު ސަޢީދު

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމަށްވެސް މަންފާކުރަނިވި، ދެމެހެއްޓެނިވި ތަރައްޤީއެއް ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބަޔާންކުރައްވައިފިއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ އިންޑިއާގެ ވިޔަފާރި ވަޒީރުގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިއުޝް ގޯޔަލްއާ ބައްދަލުކުރައްވައި، ވަޒީރު ސަޢީދު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ މިފަދަ ގުޅުންތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ބައްދަލުވުމުގައި، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، ރައީސް މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް ވިޔަފާރީގެ އައު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ. މިފަދަ މަޝްވަރާތަކަކީ ދެ ޤައުމުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ޤަބޫލުކުރައްވައެވެ.

ދެ ވަޒީރުންގެ ބައްދަލުވުމުގައި، ރާއްޖެއާއި އިންޑިއާގެ ޒަމާންވީ ގުޅުން އައު އިންވެސްޓްމަންޓްތަކާއެކު އިތުރަށް ހަރުދަނާވާނެ ކަމަށް ފާހަގަކުރެއްވިއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ މެދުގައި ޤާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު އޮތީ އެކުލަވާލުމުގެ އެންމެ ފަހު މަރުޙަލާގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި އިންޑިއާގެ މަޝްވަރާތަކުން ދެމެހެއްޓެނިވި ތަރައްޤީއެއް ލިބޭނެ: ވަޒީރު ސަޢީދުޚަބަރު | 2 ގަޑިއިރު ކުރިންތަކެތީގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ދަނީ ދެނެގަންނަމުން: ވަޒީރު ސަޢީދުޚަބަރު | 3 މަސް ކުރިން