logo
Bank of Maldives

Bank of Maldives

ޚަބަރު

އަލުން ގުނުމުންވެސް ވޭވަށު ވޯޓުގެ ނަތީޖާއަށް ބަދަލެއް ނާދޭ، ބަދަލު އައީ ވޯޓުގެ ޢަދަދަށް

މަރިޔަމް މާޙީ
11 އޭޕްރީލު 2026 - 04:07
ކައުންސިލް އިންތިހާބުގެ ނަތީޖާ ގުނުމުގެ ތެރެއިން--- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ކައުންސިލް އިންތިހާބުގެ ނަތީޖާ ގުނުމުގެ ތެރެއިން--- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލްގެ މެންބަރުގެ ވޯޓު ފޮށި އަލުން ގުނުމަށްފަހުވެސް، އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނައިސް އެމްޑީޕީގެ ކެންޑިޑޭޓް ކުރި ހޯދައިފި އެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، 2 ވޯޓުގެ ތަފާތުން ކުރިހޯދާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަން ނަޢީމެވެ. އިލެކްޝަންސް ކޮމިޝަނުން އޭރު ހާމަކުރި ވަގުތީ ނަތީޖާއިން ދައްކާގޮތުން، އަހުޝަން ނަޢީމަށް 122 ވޯޓު ލިބިފައިވެއެވެ. އޭނާއާ ވާދަކުރި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް މުޙައްމަދު ނަޒީޙަށް ލިބުނީ 120 ވޯޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވޯޓު ފޮށި އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ބާތިލު ވޯޓުތަކާ ގުޅިގެން ނަތީޖާއާ މެދު ސުވާލު އުފެދި، ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. ވޯޓު ފޮށި އަލުން ގުނުމަށްފަހު، ކުރިން ބާތިލު ވޯޓުގެ ގޮތުގައި ކަނޑައެޅި ވޯޓުތަކާއެކު، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދަށްވެސް ވަނީ ބަދަލު އައިސްފަ އެވެ. އެގޮތުން ދެ ކެންޑިޑޭޓުންގެ ވޯޓުގެ ޖުމްލަ އަދަދުން ވަނީ އެއް ވޯޓު މަދުވެފަ އެވެ. އަދި މިއާއެކު ބާތިލް ވޯޓުގެ އަދަދު 7އަށް އަރައެެވެ.

އަލުން ގުނި ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު، އެ ފޮށިން ޕީއެންސީގެ ކެންޑިޑޭޓަށް 83 ވޯޓު ލިބިފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 76 ވޯޓެވެ. ނަމަވެސް މުޅި އިންތިޚާބުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު އަދިވެސް ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

ވޭވަށު ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 256 މީހަކަށް ލިބިފައިވާއިރު، އޭގެ ތެރެއިން 247 ފަރާތަކުން ވަނީ ވޯޓުލާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލުން ގުނުމުންވެސް ވޭވަށު ވޯޓުގެ ނަތީޖާއަށް ބަދަލެއް ނާދޭ، ބަދަލު އައީ ވޯޓުގެ ޢަދަދަށްޚަބަރު | 2 ގަޑިއިރު ކުރިންދެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ދާއިމީ ނަތީޖާ އިޢުލާންކުރުން މާދަމާޚަބަރު | 17 ގަޑިއިރު ކުރިންއިންތިޚާބުގެ އިންތިޒާމުތަކަށް ބޭރުގެ އޮބްޒާވަރުންގެ ތައުރީފްޚަބަރު | 5 ދުވަސް ކުރިންކައުންސިލް އިންތިހާބެއްގައި އެންމެ ގިނައިން ވޯޓުލީ މިފަހަރުޚަބަރު | 6 ދުވަސް ކުރިން