logo
Bank of Maldives

Bank of Maldives

ޚަބަރު

ލ. ގަމުގެ ތާރީޚީ "ޕަރީ ފެންގަނޑު" ބަލާލުމަށް ވިއުއިން ޕްލެޓްފޯމެއް ހުޅުވައިފި

މަރިޔަމް މާޙީ
11 އޭޕްރީލު 2026 - 10:45
ލ. ގަމުގެ ޕަރީ ފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ލާމުއެމްވީ
ލ. ގަމުގެ ޕަރީ ފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ލާމުއެމްވީ

ލ. ގަމުގައި އޮންނަ މަޝްހޫރު "ޕަރީ ފެންގަނޑު" ބަލާލުމަށް ޚާއްސަ ވިއުވިން ޕްލެޓްފޯމެއް ބިނާކޮށް، ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފި އެވެ.

އެންދެރި ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ހެރިޓޭޖް ސޮސައިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ އެ ރަށުގެ ތާރީޚީ އަދި ތިމާވެށީގެ މުހިންމުކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމުމުގައި ލ. ގަމު ކައުންސިލުން ދެއްވި ފުރިހަމަ އެއްބާރުލުން އެ ޖަމިއްޔާއިން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ބޮޑު ފެންގަނޑުގެ ގުދުރަތީ ރީތިކަން ރައްކާތެރިކަމާއެކު ބަލާލުމުގެ މަގު ފަހިކޮށްދިނުމާއި، އެ ސަރަހައްދަކީ އާންމުންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ހެދުމެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު އަދި ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ގޮތުން، ފެންގަނޑުގައި ދުއްވާލުމަށްޓަކައި ދެ ކެނޯ މިހާރު ވަނީ ތައާރަފުކޮށްފަ އެވެ. އަދި މި ޚިދުމަތްތައް މިއަދުން ފެށިގެން އާންމުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ލ. ގަމު ކުޑަ ހިންނައިގެ އިރުމަތީ ފަރާތުގައި އޮންނަ، ތާރީޚީ އަދި ފޯކްލޯއާ ގުޅިފައިވާ މިފެންގަނޑަކީ އާންމު ނަމުން ނަމަ "ރަން" ފެންގަނޑެވެ. ބައެއް މީހުން މިއަށް "ނަރަކަ ފެންގަނޑު" ގެ ނަމުންވެސް ނިސްބަތްކުރެއެވެ. ތިމާވެށީގެ ގޮތުން ބަލާއިރު، މިއީ ރަނޑޫ ގަސްތަކާއި ކިނބި ގަސްތަކުން މުއްސަނދި، ހިމާޔަތްކޮށްފައިވާ ދޫންޏާއި ހިޖުރަކުރާ ދޫނިތަކުގެ މުހިންމު މާހައުލެކެވެ. ވަކިން ޚާއްސަކޮށް، މިއީ "ދަނޑިފުޅު ދޫނި" ވިހާ އާލާވާ ސަރަހައްދެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

މި ޗަސްބިން ސަރަހައްދަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދިނުމުގެ އިތުރުން، ފެންބޮޑުވުން ކުޑަކޮށްދިނުމާއި ކާބަން ރައްކާތެރިކޮށް ހިފަހައްޓައިދޭ "ކާބަން ސިންކް" އެއްގެ ދައުރު އަދާކުރާ ތަނެކެވެ.

މި މުހިންމު ސަރަހައްދަކީ 23 ޑިސެމްބަރ 2021 އިން ފެށިގެން ދިވެހި ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލ. ގަމުގެ ތާރީޚީ "ޕަރީ ފެންގަނޑު" ބަލާލުމަށް ވިއުއިން ޕްލެޓްފޯމެއް ހުޅުވައިފިޚަބަރު | 2 ގަޑިއިރު ކުރިންތުނޑީ ބަނދަރު މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިޚަބަރު | 2 މަސް ކުރިންލާމު ގަމުގެ ފެނުގެ މަޝްރޫއު ނިމި ޚިދުމަތް ދޭން ފަށައިފި ޚަބަރު | އަހަރެއް ކުރިންގަމުގައި ކުޑަ ކުއްޖަކު ރަހީނުކޮށް، ބަރަހަނާކޮށް އަދި ބްލެކް މެއިލް ކުރި މައްސަލައެއްޚަބަރު | 2 އަހަރު ކުރިން