logo
Bank of Maldives

Bank of Maldives

ޚަބަރު

ނަތީޖާ އެއްވަރުވި ފަސް ދާއިރާއެއްގެ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޭޕްރީލު 2026 - 06:45
 ނަތީޖާ އެއްވަރުވި ފަސް ދާއިރާއެއްގެ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުގެ ނަތީޖާ އެއްވަރުވި ފަސް ދާއިރާއެއްގެ އިންތިޚާބު، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި، އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވެއެވެ. އެހެންކަމުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި އެ އިންތިޚާބުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ނަތީޖާ އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު ބާއްވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ ވެސް އަންހެނުންނަށް ޚާއްޞަ ގޮނޑިއެކެވެ.

ދޮންފަނު ކައުންސިލްގެ ގޮނޑިއަށް ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓް ޢާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ރަފާހެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަށް ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓް ޢާއިޝަތު ޢަބްދުލްޤާދިރުގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލެއްވި ޝީޒާ އިބްރާހީމެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު ބާއްވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށެވެ.

ކެލާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރަނީ އެމްޑީޕީގެ މަހުދިއްޔާ އާދަމާއި ޕީއެންސީގެ ޙައްވާ ފަޒުނާއެވެ. ނޭކުރެންދޫ ކޮމިޓީގެ މެންބަރުކަމަށް ޕީއެންސީގެ ފާޠިމަތު ރިއުޒާ އާއި އަމިއްލަ ކެންޑިޑޭޓް ފާޠިމަތު ނިޝާދާ ވާދަކުރާއިރު، މާވަށު ކޮމިޓީގެ މެންބަރުކަމަށް ވާދަކުރަނީ ޕީއެންސީގެ ފާޠިމަތު ޝާފިޔާ އާއި އެމްޑީޕީގެ މަރްޔަމް މާޢިޝާއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި އިންތިޚާބާ ގުޅޭ އިތުރު މަޢުލޫމާތު އެ ކޮމިޝަނުގެ ހޮޓްލައިން 1414 އިން ލިބޭނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. މީދޫގެ ދެވަނަ ބުރުގެ ރަސްމީ ނަތިޖާ އާންމު ކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިޚަބަރު | 2 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 8 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަން ފަށައިފިޚަބަރު | 8 ދުވަސް ކުރިން