logo
MPL

MPL

ޚަބަރު

ޔޫތު ވޮލިންޓިއާ ޕްރޮގުރާމެއް ބާއްވަނީ

އައިޝަތު އިނާޝާ
12 އޭޕްރީލު 2026 - 07:12
ޔޫތު ވޮލިންޓިއާ ޕްރޮގުރާމެއް ބާއްވަނީ

ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން، ދީފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރޮގްރާމްގެ ތެރެއިން ލިބޭނެ ފުރުސަތުތައް:

މި ޕްރޮގްރާމްގެ ބައިވެރިންނަށް ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ބޭއްވޭ ތަފާތު ތަމްރީނު ސެމިނާރުތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކަންކަމަށް ކުރިމަތިލާން ކެރޭ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން ބާރުއެޅޭނެއެވެ.

މީގެ އިތުރުން ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތަކާއި މަޝްރޫއުތައް އިސްވެ ހިންގުމުގެ ގާބިލުކަން ޒުވާނުންގެ ކިބައިގައި އުފެއްދިގެންދާނެއެވެ.

މި ޕްރޮގުރާމާ ބެހޭ އިތުރު މައުލޫމާތު 4000416 ނުވަތަ 4000567 މި ނަމްބަރަށް ގުޅާލުމުން ލިބިގެންދާނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު ހަބް ކެފޭ ފަރުމާކުރުމަށް މުބާރާތެއް ބާއްވަނީޚަބަރު | 16 ދުވަސް ކުރިންކެބިނެޓަށް ބޮޑު ބަދަލެއްޚަބަރު | 7 މަސް ކުރިންޔޫތު ވޮލިންޓިއާ ޕްރޮގުރާމެއް ބާއްވަނީޚަބަރު | 7 މަސް ކުރިންވަޒީފާއަށް އަހުލުވެރިވުމަށްޓަކައި ކުރިއަށްގެންދާ "ސްކިލްއަޕް ޔޫތު" ވޯކްޝޮޕް މިމަހު 11ގައި!ޚަބަރު | 7 މަސް ކުރިން