logo
MPL

MPL

ޚަބަރު

ޔޫތު ހަބް ކެފޭ ފަރުމާކުރުމަށް މުބާރާތެއް ބާއްވަނީ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
20 އޮކްޓޯބަރު 2026 - 13:18
ޔޫތު ހަބް ކެފޭ ފަރުމާކުރުމަށް މުބާރާތެއް ބާއްވަނީ

"ޔޫތު ހަބް ކެފޭ ޑިޒައިނިންގ ކޮމްޕެޓިޝަން" ގެ ނަމުގައި ޔޫތް ހަބް ކެފޭ ފަރުމާ ކުރުމަށް މުބާރާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ނިންމައިފި އެވެ.

މިނިސްޓްރީން ބުނީ ޒުވާނުންނަށް އަމާޒުކޮށް، މިފަދަ މުބާރާތެއް ބާއްވަނީ ޒުވާނުންނަށް ހާއްސަ ތަންތަން ފަރުމާ ކުރުމުގައި ޒުވާނުންގެ ދައުރު އިތުރު ކުރުން ކަމަށެވެ. މި މުބާރާތަށް ކުރެހުންތައް ހުށަހެޅުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ދިނުމަށް ވަނީ ނިންމާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް 30,000 ރުފިޔާ ދޭން ނިންމާފައިވާއިރު، ދެވަނައަށް ހުށަހަޅާފައި ވަނީ 10,000 ރުފިޔާ އެވެ. އަދި ތިންވަނައަށްދާ ފަރާތަކަށް 5,000 ރުފިޔާގެ އިނާމެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި މުބާރާތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް 1 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 ގައި ޔޫތު ހަބްގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ މި ސެޝަންގައި ބައިވެރިވެ މައުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު ހަބް ކެފޭ ފަރުމާކުރުމަށް މުބާރާތެއް ބާއްވަނީޚަބަރު | 2 ގަޑިއިރު ކުރިންކެބިނެޓަށް ބޮޑު ބަދަލެއްޚަބަރު | 6 މަސް ކުރިންޔޫތު ވޮލިންޓިއާ ޕްރޮގުރާމެއް ބާއްވަނީޚަބަރު | 6 މަސް ކުރިންވަޒީފާއަށް އަހުލުވެރިވުމަށްޓަކައި ކުރިއަށްގެންދާ "ސްކިލްއަޕް ޔޫތު" ވޯކްޝޮޕް މިމަހު 11ގައި!ޚަބަރު | 6 މަސް ކުރިން