logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރަށް ގޮތް ހުހެއް ނުވާނެ: އެމްޕީ އިއްބެ

އައިޝަތު އިނާޝާ
14 އޭޕްރީލު 2026 - 17:42
މި ސަރުކާރަށް ގޮތް ހުހެއް ނުވާނެ: އެމްޕީ އިއްބެ

ދިވެހި ރައްޔިތުންނަށް ވީވައުދު ފުއްދަން ސަރުކާރު ދެމި އޮންނާނެ ކަމަށާއި މި ސަރުކާރަށް ގޮތް ހުސް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން މެންދުރު ޓީވީގެ މައުޟޫއު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ ވަޒީރުންގެ މަޖިލީހަަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ވަގުތެއްގައި ބަދަލުގެނެވޭނެ ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކުން ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބިދޭންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ ހަރަދު ކުޑަ ނިޒާމެއް ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މިއަދު މިގެނެވުނު ބަދަލާއެކު ހަރަދުކުޑަ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގަން ފެށިގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު އިބްރާހިމް ވިދާޅުވީ ރައްޔިތުންނަށް ދެވޭ ހިދުމަތް 100 ޕަސެންޓް ޔަގީންކޮށް، އެ ހިދުމަތް ރައްޔިތުން އެންމެ ބޭނުންވާގޮތަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި ރައްޔިތުންނަށް ވީވައުދު ފުއްދަން ސަރުކާރު ދެމި އޮންނާނެ ކަމަށާއި މި ސަރުކާރަށް ގޮތް ހުސް ނުވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް އަންގާރަ ދުވަހު ވަނީ ބަދަލުތަކެއް ގެންނަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެއެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އިތުރު ހަލުވިކަމެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރަށް ގޮތް ހުހެއް ނުވާނެ: އެމްޕީ އިއްބެޚަބަރު | 3 ގަޑިއިރު ކުރިން