logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ އެކްސްޕޯޓަށް 20 އިންސައްތައިގެ ކުރިއެރުމެއް

މަރިޔަމް މާޙީ
15 އޭޕްރީލު 2026 - 04:27
ފޮޓޯ: ކަސްޓަމްސް
ފޮޓޯ: ކަސްޓަމްސް

މިއަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ ނިސްބަތް ނުވަތަ އެކްސްޕޯޓަށް 20 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާކަން ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މާޗް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ވަނީ 83 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރޭގައި އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ މަސްދަޅެވެ. މަސްދަޅުގެ އިތުރުން ދެން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ފިނިކުރި މަހުގެ ބާވަތްތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އުފެއްދުންތައް އެންމެ ގިނައިން ބޭރުކޮށްފައިވާ ގައުމުތަކަށް ބަލާއިރު، ލިސްޓުގެ ކުރީގައި އުޅެނީ އިނގިރެސިވިލާތެވެ. ދެން އެންމެ ގިނައިން މުދާ ފޮނުވާފައިވަނީ އިންޑިއާ އަދި ޖަރުމަނަށެވެ. މީގެ އިތުރުން ފްރާންސް އަދި ކޯސްޓާ ރިކާއަކީވެސް މިދިޔަ މަހު ރާއްޖޭގެ އުފެއްދުންތައް ގިނަ އަދަދަކަށް އެކްސްޕޯޓުކުރި ގައުމުތަކެވެ.

އިމްޕޯޓަށް ބަލާއިރު، ތެލާއެކު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ވަނީ 5.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ފެބްރުއަރީ މަހާ އަޅާބަލާއިރު 19 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް ތެޔޮ ނުހިމަނައި އެތެރެކުރި މުދަލުގެ އަގު ވަނީ 3 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ 4 ބިލިއަން ރުފިޔާއެވެ.
މިދިޔަ މަހު ދައުލަތަށް ކަސްޓަމްސް މެދުވެރިކޮށް ލިބުނު އާމްދަނީއަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން 351 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 37 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

 

 

ރާއްޖޭގެ އިގްތިސާދީ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެކްސްޕޯޓް އިތުރުކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އެކްސްޕޯޓަށް 20 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 2 ގަޑިއިރު ކުރިންކަނޑުމަގުން އެތެރެކުރަން އުޅުނު 1940 ވޭޕް ކާޓްރިޖު އަތުލައިގަނެފިޚަބަރު | 9 ދުވަސް ކުރިން1.7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިޚަބަރު | 9 ދުވަސް ކުރިންއަމިއްލައަށް ގެންނަ މުދާ ކްލިއަރ ކުރާ ނިޒާމެއް ތައާރަފުކޮށްފިޚަބަރު | 3 މަސް ކުރިން