logo
Bank of Maldives

Bank of Maldives

ޚަބަރު

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2026 - 15:15
17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ ތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 13 އޭޕްރީލް 2026 ގައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މިކަން ފަޅާއަރާފައިވަނީ އެ ކުއްޖާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، ހެދި ޓެސްޓުތަކުން ކުއްޖާ ބަލިވެ އިންކަން އެނގުމާ ގުޅިގެންނެވެ. މިއީ ކުޑަކުއްޖަކަށް ވާތީ، މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައެވެ. ނަމަވެސް، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުންނާއި މައްސަލައިގެ ބާވަތުން، އެއީ ކޮން ރަށެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، އިތުރު ތަފްސީލީ މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެ ދަަށުގައި ހުރި މީހަކު ނިޔާވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންކުޅުދުއްފުށީގައި ގެއްލިގެން ހޯދި މީހަކު މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެޚަބަރު | 5 ގަޑިއިރު ކުރިންޝިއާއުގެ މަރު: ދެ ދައުވާއެއް ސާބިތު، ޝާހިލްއަށް ތިން އަހަރުގެ ޖަލު ހުކުމެއްޚަބަރު | ދުވަހެއް ކުރިން