logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ވީމާ އެނގޭނީ އިދިކޮޅު ފަރާތްތަކަކަށް ނޫން: އެމްޕީ ޒަރީރު

އައިޝަތު ނަޝާ
15 އޭޕްރީލު 2026 - 16:53
ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ވީމާ އެނގޭނީ އިދިކޮޅު ފަރާތްތަކަކަށް ނޫން: އެމްޕީ ޒަރީރް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަން ވީމާ އެނގޭނީ އިދިކޮޅު ފަރާތްތަކަށް ނޫން ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މެމްބަރު ޒަރީރް މިފަދައިން ވިދާޅުވީ، މެންދުރު ޓީވީން ގެނެސްދޭ "މައުޟޫ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ޒަރީރް މިފަދައިން ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކުން މިއީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވެ އިންތިޤާލީ ސަރުކާރެއް އެކުލަވާލަންވިީ ވަގުތުކަމަށް ބުނެ އަދި ރަނގަޅު ގޮތަކީ ރައީސް ޑރ. މުހައްމަދު ވެރިކަމުން މިހާރުން މިހާރަށް އިސްތިއުފާ ދިނުން ކަމަށް ބުނެ ދައްކަމުންދާ ވާޙަކަތަކަށް ރައްދުދެއްވައެވެ.

މެމްބަރު ވިދާޅުވީ، ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައްޔަން ކުރެއްވީ ފަަސް އަހަރުގެ ޓާމަކަށް ކަމަށާއި، މިއީ އިދިކޮޅު ފަރާތްތަކުން ރައީސް މުއިއްޒު އިސްތިއުފާ ދިނުމަށް ގޮވާލި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ މަގުމައްޗަށް ނުކުމެ ޤައުމު ހަލަބޮލި ކުރުން ކަމަށާއި، މަގުމައްޗަކުން ދެން މިޤައުމުގެ ވެރިކަމެއް ނުވެއްޓޭނެ ކަމަށެވެ.

"އެންމެ ގިނަ ގޮނޑި ލިބުނީ ޕީއެންސީއަށް.އެންމެ ގިނަ ވޯޓު ލިބުނީ ޕީއެންސީއަށް.އެކަމަކު ނާކާމިޔާބު.އެއީ ކޮންގޮތަކަށް ޖަހާ ހިސާބެއްތޯ.އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން ވަރަށް ގިނަ ވާހަކަ ދައްކަމުންދަނީ.ރައްޔިތުން ހިސާބު ކިތާބު ރަނގަޅަށް ބެލީމާ އިނގޭނެ ކޮން ޕާޓީއަކަށްތޯ އިންތިހާބު ކާމިޔާބުކުރެވުނީ"މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

މީގެ އިތުރުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މީގެކުރިން އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ދާއިރާތަކުން މި އިންތިހާބުގައި ޕީއެންސީއިން ބޮޑު ތާއިދަކާ ކާމިޔާބީއެއް ހޯދިފައިވާކަން ފާހަގަކުރައްވާ މެމްބަރު ޒަރީރު ވިދާޅުވީ، މީގެެ ސަބަބުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ވަރަށް ބޮޑެތި ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އަދި މިކަމުން އެނގިގެން މިދަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީއެންސީއަށް ކާމިޔާބު ކުރުމަށްޓަކާ ފަސޭހަ ދޮރުތަކެއް ހުޅުވިގެން ދިޔަކަން ކަމަށް ވެސް މެމްބަރު ފާހަގަކުރެެއްވިއެވެ.

މީގެ އިތުރުން މެމްބަރު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ.އެއީ މި ރާއްޖެއަށް ވެސް އަދި ދިވެހި ރައްޔިތުނަނަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ވީމާ އެނގޭނީ އިދިކޮޅު ފަރާތްތަކަކަށް ނޫން: އެމްޕީ ޒަރީރްޚަބަރު | 3 ގަޑިއިރު ކުރިންޖެހިޖެހިގެން ތިން އިންތިޚާބުން އެމްޑީޕީ ބަލިވީމަ ވެސް ކިޔަނީ ''ތާއީދެއް ނެތޭ": ޒަރީރުޚަބަރު | 8 މަސް ކުރިން