logo
Bank of Maldives

Bank of Maldives

ޚަބަރު

ޖެހިޖެހިގެން ތިން އިންތިޚާބުން އެމްޑީޕީ ބަލިވީމަ ވެސް ކިޔަނީ ''ތާއީދެއް ނެތޭ": ޒަރީރު

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޯގަސްޓު 2025 - 19:08
ޖެހިޖެހިގެން ތިން އިންތިޚާބުން އެމްޑީޕީ ބަލިވީމަ ވެސް ކިޔަނީ ''ތާއީދެއް ނެތޭ": ޒަރީރު

ޖެހިޖެހިގެން ތިން އިންތިޚާބުން އެމްޑީޕީ ބަލިވީމަ ވެސް ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްކޮށް ''ތާއީދެއް ނެތޭ'' ކިޔަމުން އަންނަކަަމަށް މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

ޒަރީރު މިހެން ވިދާޅުވީ، މިއަދު ބޭއްވި 2025 ވަނަ އަހަރު ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ 4 ވަނަ ޖަލްސާގައި، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުވުމުން އެމްޑީޕީ މެމްބަރުން ތަޅުމުގައި ދެއްކެވި ވާހަކައަށް ރައްދުދެއްވައި ޒަރީރު ވިދާޅުވީ، އެއީ ''އޮތް އެއްޗެއް، ވާ އެއްޗެއް، ވާނެ އެއްޗެއް އަދި ވީ އެއްޗެއް އަދި ވީގޮތެއް ނޭނގުނީމަ ވެގެންއުޅޭ ގޮތެއް ކަމަށެވެ.

'' ޖެހިޖެހިގެން ތިން އިންތިޚާބުން ބަލިވީމަ ވެސް މި ކިޔަނީ ތާއީދެއްނެތޭ، އިއްޒަތްތެރި ރައީސް، މި ދައްކަނީ ކަމެއް ރަނގަޅުކުރާ ވާހަކަ، މިއީ އަލަށް ކުރާ ކަމެއްނޫން، ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭހެން، އަޖައިބެއް ކަހަލަ ކަމެއް މިއީ'' ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ބިލެއް އަނބުރާ ރައްޔިތުންގެ މައްޗަށް ދެވަނަ ފަހަރަށް ވިސްނަން ފޮނުވީމުމުން އެ އެނގެނީ ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަވެގެންދާކަން ކަމަށެވެ.

''މި ބޭފުޅުން މި ދައްކާ ވާހަކަ، ތައްގަނޑަށް ކޮންމެ ބިލެއް ޖަހާ ވާހަކަ ނުވަތަ ކޮންމެ ބިލަކަށް ތައްގަނޑުޖަހާ ވާހަކަ އެ ދިމާވާނުވާކަން އަޅުގަނޑުމެންނަށް އެބައެނގޭ މި ދެވަނަ ވިސްނުމަކަށް ނުވަތަ އިތުރަށް އިޞްލާޙުކުރުމަށް ޓަކައި ރައީސުލްޖުމްހުރިއްޔާ ފޮނުވާ ބިލުތައް މި ތަނަށް ފޮނުވުމަކީ އެއީ ޙަޤީޤަތުގައި ޑިމޮކްރަސީ ހަރުދަނާވެގެންދާކަމުގެ ލާމަސީލު މިސާލެއް'' ޒަރީރު ވިދާޅުވެފަވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ވީމާ އެނގޭނީ އިދިކޮޅު ފަރާތްތަކަކަށް ނޫން: އެމްޕީ ޒަރީރްޚަބަރު | ގަޑިއިރެއް ކުރިން''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 8 ގަޑިއިރު ކުރިންހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީޚަބަރު | 15 ގަޑިއިރު ކުރިންވަކި ޕާޓީއަކުން ހުށަހެޅި ބިލަކަށް ވާތީ ބޭރުކުރީ 19 ވަނަ މަޖިލީހުގައި؛ މިދައުރުގައި އެކަން ނުފެންނާނެޚަބަރު | ދުވަހެއް ކުރިން