logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮސްމެޓިކްސް ފުޅީގައި ޑްރަގު އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފި

ޒިދާން މުޙައްމަދު
18 އޭޕްރީލު 2026 - 05:13
ކޮސްމެޓިކްސް ފުޅީގައި ޑްރަގު އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފި

ކޮސްމެޓިކްސް ފުޅީގައި ޑްރަގު އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޖެނިފާ ޕައުލް (34އ) އާއި އުލްފަތު ރަސޫލް (23އ)އެވެ.

މި މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް 30 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

މި ދެ މީހުން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ.

މަސްތުވާތަކެތި ފެނިފައިވަނީ އެ މީހުންގެ ލަގެޖުގައި ހުރި ދެ ކޮސްމެޓިކްސް ފުޅިންނެވެ.

ކޯޓުގައި ދެ މީހުންވެސް ބުނީ އެއީ ރައްޓެއްސެއްގެ ރައްޓެއްސެއްގެ ފުޅިތަކެއް ކަމަށާއި އެތަކެތި ހަވާލުކުރީ ރާއްޖެ އައުމަށް ދަތުރަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މި މަހުގެ 1 ވަނަ ދުވަހު ހައްޔަރުކުރި މި ދެމީހުންނަކީ ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިންބަނގުރާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު އަތުލައިގަނެފިޚަބަރު | 7 ދުވަސް ކުރިންކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތައް ހޯދަން ގާއިމުކުރި ހޮޓްލައިނަށް 65 މައްސަލައެއް ޚަބަރު | 9 ދުވަސް ކުރިން