logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސަކަށް ރަސްދޫއިން ދެންނެވި އެންމެ ހޫނު މަރުހަބާ ރައީސް ޑރ. މުޢިއްޒުއަށް!

ޒިދާން މުޙައްމަދު
18 އޭޕްރީލު 2026 - 13:41
ރައީސަކަށް ރަސްދޫއިން ދެންނެވި އެންމެ ހޫނު މަރުހަބާ ރައީސް ޑރ. މުޢިއްޒުއަށް!

ދިވެހިރާއްޖޭގެ ރައީސަކަށް އަރިއަތޮޅު ރަސްދޫއިން ދެންނެވި އެންމެ ހޫނު މަރުހަބާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ދަންނަވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު އެ ރަށަށް ވަޑައިގަތީ އއ. ރަސްދޫގެ ކައުންސިލްގެ ފުލް މެޖޯރިޓީ ޕީއެންސީއަށް ލިބުމުގެ ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ 17 އަހަަރަށް ފަހު އެމްޑީޕީ ނޫން ޕާޓީއަކަށް އެ ރަށު ކައުންސިލްގެ ފުލް މެޖޯރިޓީ ދިން ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު މެންދުރުފަހު އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުގެ ކުރިން އެ ރަށުގެ ބަނދަރުން ފެށިގެން ރަށުގެ ތެރެއަަށް ގިނަ ބަޔަކު ޖަމާވެ ސަފު ހަދައިގެން ތިއްބެވެ. އަދި ހަވީރު އެ ރަށަށް ފައިބާވަޑައިގެން ރައީސްވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި އެއްވެ ތިބި މީހުންނާ ސަލާންކުރައްވާފައެވެ.

WhatsApp Image 2026-04-18 at 18.23.36.jpeg

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފަައިވެއެވެ. އަދި މިއީ އިންތިހާބަށް ފަހު ރައީސް ޑރ. މުއިއްޒު މިފަދަ ހަރަކާތެއްގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަސްދޫއިން ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބި އެ ރަށު ކައުންސިލުގެ ހުރިހާ ގޮނޑިއަކާއި ޑަބްލިއުޑީސީގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުވިއެވެ. 

އަދި އއ. އަތޮޅުގައި އެމްޑީޕީގެ މައި މަރުކަޒެއްގެ ގޮތުގައި އޮތް އުކުޅަހުގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް އއ. ތޮއްޑޫއިންވެސް ޕީއެންސީއަށް ބޮޑު ކާމިޔާބެއް ލިބުނެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސަކަށް ރަސްދޫއިން ދެންނެވި އެންމެ ހޫނު މަރުހަބާ ރައީސް ޑރ. މުޢިއްޒުއަށް!ޚަބަރު | 2 ގަޑިއިރު ކުރިންރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއްރިޕޯޓް | ދުވަހެއް ކުރިންމެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އުފެއްދި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް!ޚަބަރު | 2 ދުވަސް ކުރިން "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އުފައްދަވައިފިޚަބަރު | 2 ދުވަސް ކުރިން