logo
Bank of Maldives

Bank of Maldives

ޚަބަރު

ނަޝީދުގެ ޝައުޤުވެރިކަން ހުންނެވީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރެއްވުމަށް!

އައިޝަތު ނަޝާ
19 އޭޕްރީލު 2026 - 11:53
ނަޝީދުގެ ޝައުޤުވެރިކަން ހުންނެވީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރެއްވުމަށް!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ކަމަށާއި އެހެންނަމަވެސް  ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ "ބޮޑު ބަދަލު" ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުުގައި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މިއަދުގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.

ފައްޔާޒް ވިދާޅުވީ މިހާރު އޮތް ޤާނޫނުއަސާސީއަކީ މާ ފުޅާކޮށް، އެކި ގޮތްގޮތަށް މާނަކުރެވޭ ގޮތަށް އޮތް އެއްޗެއް ކަމަށާއި،މީގެ ސަބަބުން ވެރިންނަށް އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ލިބޭކަމަށް ވިދާޅުވެފައެވެ.އަދި ޚާއްޞަކޮށް ރައްޔިތުންގެ ޙައްޤުތަކާއި ޑިމޮކްރަސީއާ ގުޅޭ ކަންކަމުގައި، ނާޖާއިޒު ގޮތުގައި ބޭނުން ނުކުރެވޭނެ ފަދަ ސާފު އަދި ތަފްސީލީ މާއްދާތަކަކާއެކު ޤާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހިރާއްޖެއިން އަމަލުކުރަނީ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ވަކިވެފައިވާ ނިޒާމަކަށް ކަމަށްވީ ނަމަވެސް، އަމަލީ ގޮތުން އެކަން މަސައްކަތް ނުކުރާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ހުށަހަޅުއްވަނީ ހަތަރުވަނަ މެކޭނިޒަމެއް ތަޢާރަފު ކުރުމަށެވެ.

މީގެއިތުރުން ޒުވާން ބޭފުޅުން ކަންކަމަށް ނުކުންނަވަން ތާއިދުކުރައްވާ ކަމަށާއި ނަމަވެސް ޕާޓީގެ އޮތް ނުތަނަވަސްކަމާ އެކަންކަމާ އެއްކޮށް ޕާޓީ ކުރިއަށް ގެންދެވޭނެ ވަރުގެ އޮތޯރިޓީ އެއް އޮތް ބޭފުޅަކު ބޭނުންވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ޕާޓީ ގޮވައިގެން މިވަގުތު ވަޑައިގެންނެވޭނެ ބޭފުޅަކީ ރައީސް ނަޝީދު ކަން ވެސް އޭނާ ފާހަގކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒްގެ ހުށަހެޅުއްވުންތަކަށް އެމަނިކުފާނު ތާއިދުކުރައްވާ ކަމަށާއި އެބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށް ވިދާޅުވެ،ރައީސް ނަޝީދު ވަނީ އެކުގައި މަޝްވަރާކޮށްގެން މިހާރުން މިހާރަށް މި ބަދަލުތައް ގެންނަން އެދިވަޑައިގެންފައެވެ. އަދި ބަދަލުތައް ގެންނަން މަގުމަތީ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެކަން އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ.

"ބޮޑުބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދު ކުރަން ފައްޔާޒް އިސްމާއީލްއަށް. އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް، އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލާން" ކުރީގެ ރައީސް ނަޝީދު

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައިސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ވެސް ނިންމަވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދުގެ ޝައުޤުވެރިކަން ހުންނެވީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރެއްވުމަށް!ޚަބަރު | 3 ގަޑިއިރު ކުރިންރައްޔިތުންނަށް ދަތިވާގޮތަށް ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ފޮޓޯ ކޮޅެއް ހޯދާލަން: ޝުޖާއުޚަބަރު | 7 ގަޑިއިރު ކުރިންއެމްޑީޕީގެ ހިންގުމުގައި ލަފާދޭން ރައީސް ނަޝީދުއާއި ރައީސް ޞާލިޙް ހަމަޖައްސައިފިޚަބަރު | 8 ދުވަސް ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | 9 ދުވަސް ކުރިން