logo
Bank of Maldives

Bank of Maldives

ޚަބަރު

ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓާލިކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް: ބީއެމްއެލް

އައިޝަތު އިނާޝާ
20 އޭޕްރީލު 2026 - 05:49
ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓާލިކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލައިފިކަމަށް ބުނެ އަދަދު ނޫހުން ޝާއިއުކޮށްފައިވަނީ ހަގީގަތާ ހިލާފު ދޮގު ޚަބަރެއް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް އެ ބޭންކުންދަނީ މެދުނުކެނޑި ޑޮލަރު ވިއްކަމުންނެވެ. އަދި މިމަހުގެތެރޭގައިވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު ޢަދަދަކަށް ވާނީ ޑޮލަރު ވިއްކާފަ ކަމަށާއި މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައެއްނެތް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ ޢަދަދު ބޭންކުން ނުދެވުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ބީއެމްއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބީއެމްއެލް އިން ބުނި ގޮތުގައި މެދު އިރުމަތީގެ ހަމަނުޖެހުމުގެ މި ހައްސާސް މުއްދަތުގައިވެސް އެ ބޭންކުން އަންނަނީ މެދު ނުކެނޑި ކާބޯތަކެއްޗާއި، އެކިއެކި ބޭނުންތަކަށް ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށްވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުން ކަމަށެވެ.

ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފަ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް. އަދި މިބޭނުމަށް މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު މިއީ %142 އިތުރު ޢަދަދެއް: ބީއެމްއެލް

ބީއެމްއެލް އިން ބުނީ މިއަހަރުގެ މިހާތަނަށް 38،855 ޓިޓީ އަށް ބޭރުފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އެޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރުފައިސާގެ އެހީ ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ވަނީ މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއްނެތި މިފަދަ މަޢުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާމެދު ވަރަށް ހިތާމަކުރާކަމެއް ކަމަށް ބުނެފައެވެ. އަދި މިއީ ޢަދަދު ނޫހުން އާންމުގޮތެއްގައި ބޭންކަށް އޮންނަ އިތުބާރު ކުޑަކުރުމަށްޓަކައި ފަތުރާ ސިލްސިލާ ދޮގުވާހަކަތަކުގެ ތެރެއިން ބައެއް ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓާލިކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް: ބީއެމްއެލްޚަބަރު | 2 ގަޑިއިރު ކުރިންބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާޢިމްކޮށްފިޚަބަރު | 4 ދުވަސް ކުރިންސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނަށް އިތުރު ފުރުޞަތު ފަހިކޮށްދިނުމަށް ބީއެމްއެލްއިން އެހީވަނީކުޅިވަރު | 11 ދުވަސް ކުރިން މެއިންޓެނެންސް މަސައްކަތްތަކެއް ކުރާތީ ބައެއް ޚިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލްޚަބަރު | 11 ދުވަސް ކުރިން