logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާ-އީރާންގެ ދެވަނަ ބުރުގެ މަޝްވަރާގެ ވަގުތު ކުޑަތަންވާއިރު އިސްލާމްއާބާދުން ފެންނަނީ ތަފާތު މަންޒަރެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޭޕްރީލު 2026 - 19:01
 ދެވަނަ ބުރުގެ މަޝްވަރާގެ ވަގުތު ކުޑަތަންވާއިރު އިސްލާމްއާބާދުން ފެންނަނީ ތަފާތު މަންޒަރެއް

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ބާއްވާ ދެވަނަ ބުރުގެ މަޝްވަރާތަކަށް ތެހެރާނުން ރަސްމީކޮށް އިންކާރު ކުރި ނަމަވެސް، އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ.

މިއަދު ތެހެރާނުން އިވޭ ރަސްމީ ބަސްމަގަށް ބަލާއިރު މަޝްވަރާތައް މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ފެނުނު ނަމަވެސް، އިސްލާމްއާބާދުގައި ކަން ހިނގަމުންދާ ގޮތް މިއަށްވުރެ ތަފާތުވުން އެކަށީގެންވާކަމަށް މަޝްރަހް ދިރާސާކުރާ ބައިނަލްއަގްވާމީ އެނަލިސްޓުން ވަނީ ބުނެފައެވެ. "ދެވަނަ ބުރެއްގެ" މަޝްވަރާތައް ކުރިއަށް ނުދާނެ ކަމަށް ބުނެ އީރާނުން ރަސްމީކޮށް ދެކޮޅު ހެދުމަކީ، އެ ގައުމުގެ އެތެރޭގެ ސިޔާސީ މަސްލަހަތަށްޓަކައި ދައްކާ ވާހަކައެއްގެ އިތުރުން، މަޝްވަރާގެ މޭޒުމަތީގައި ބާރުގަދަކުރުމަށް ބޭނުންކުރާ އުކުޅެއް ކަމަށް ބެލެވޭކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެނަލިސްޓުން ފާހަގަކުރަށްވާ ގޮތުގައި އޭޕްރިލް 22 ގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު ހަމަވާއިރު، އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބިނާވެފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ.

ފާޅުގައި ދެކޮޅުހެދުން އަދި ސިއްރުން ބައިވެރިވުން:

މަޝްވަރާ ކުރުމުގެ "އެއްވެސް ރޭވުމެއް ނެތް" ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ބުނި ނަމަވެސް، އެ ގައުމުގެ ފަންނީ ޓީމެއް މިހާރުވެސް އިސްލާމްއާބާދުގައި ތިބި ކަމަށް އިންޓެލިޖެންސް ރިޕޯޓުތަކުން ބުނެއެވެ. މިގޮތަށް ފާޅުގައި ދެކޮޅު ހަދަނީ މިދިޔަ ހަފްތާ ބަންދުގައި އެމެރިކާއިން އީރާނުގެ މުދާ އުފުލާ ބޯޓެއް ހިފެހެއްޓުމާ ގުޅިގެން، އީރާނަކީ ބަލިކަށި ބައެއްގެ ގޮތުގައި ފެނުމުން ސަލާމަތްވުމަށެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް އިސްކޮށް ހުންނަވާ ވަފުދުން، ރަސްމީކޮށް މަޝްވަރާގެ މޭޒަށް އައުމުގެ ކުރިން ކަނޑުގެ މަގު ބަންދުކޮށްފައި އޮތް އޮތުމަށް ލުޔެއް ދޭން ތައްޔާރުތޯ ބެލުމަކީ މި ސިއްރު ބައްދަލުވުންތަކުގެ ބޭނުމަކަށް ވެދާނެއެވެ.

"ބްލޮކޭޑް ފޯ ޕެސޭޖް" (މަގު ހުޅުވުމުގެ ބަދަލުގައި ބަންދު ދޫކޮށްލުން):

އެއްބަސްވުމަކަށް އައުމަށް އޮތް އެންމެ އަވަސް މަގަކީ ކަނޑުގެ ދަތުރުފަތުރާ ގުޅޭގޮތުން ދެފަރާތުން ދޫދިނުމެވެ. އީރާނުން ޝަރުތުކުރަނީ އޭޕްރިލް 13 ގައި އެމެރިކާއިން ކަނޑުގެ މަގު ބަންދުކުރި ކުރުން ވަގުތުން ހުއްޓާލުމަށެވެ. އަނެއްކޮޅުން އެމެރިކާއިން ބޭނުންވަނީ ހުރިހާ ތެޔޮ ބޯޓުފަހަރަކަށް ހޯރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުޅުވާލުމަށެވެ. މިކަމުގައި "ފިޔަވަހިތަކަކަށް ބަހާލައިގެން މަސްރަހު ފިނިކުރުމުގެ" އެއްބަސްވުމަކަށް އާދެވިދާނެއެވެ.

"10 ނުކުތާގެ ޕްލޭން" ގެ ދައުރު:

އީރާނުން މިހާރު ވަނީ އަމިއްލަ ފްރޭމްވޯކެއް ހުށަހަޅަން ފަށާފައެވެ. މީގެ ތެރޭގައި "އޮޕަރޭޝަން އެޕިކް ފިއުރީ" ގައި ގެއްލުންވި އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް ބައިނަލްއަގުވާމީ އެހީ ހޯދުމާއި، ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ އަލުން ހޯދުން ހިމެނެއެވެ. އީރާނުގެ ޕާލަމެންޓުގެ ރައީސް ގާލިބާފް ވަނީ މި ނުކުތާތަކަށް އެއްބަސްނުވާނަމަ، ބުދަ ދުވަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު ހަމަވިޔަދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި ހަފްތާގައި ބޮޑު އެއްބަސްވުމަކަށް އައުމަކީ ނާދިރު ކަމެއް ނަމަވެސް، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު ކުރު މުއްދަތަކަށް އިތުރުކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. ސަބަބަކީ ތެލުގެ އަގު އުފުލި ދުނިޔޭގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ދަނޑިވަޅެއްގައި، ބޮޑު ހަނގުރާމައަކަށް ދާން އެއްވެސް ފަރާތަކުން ބޭނުންނުވުމެވެ.

ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި އިސްލާމްއާބާދު އެއާޕޯޓަށް އީރާނުގެ މަތީ ފަންތީގެ ޑިޕްލޮމޭޓުން އަންނަ މަންޒަރު ފެނިއްޖެނަމަ، އެއީ ސިއްރުން އެއްބަސްވުމަކަށް އައުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމުގެ ވަރުގަދަ ނިޝާނަކަށް ވާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ މައްޗަށް އެމެރިކާ ބާރުގެ ބޭނުންކުރުމަށް ދުލެއްނުދޭނަން: އީރާނުގެ ރައީސްޚަބަރު | 2 ގަޑިއިރު ކުރިން ދެވަނަ ބުރުގެ މަޝްވަރާގެ ވަގުތު ކުޑަތަންވާއިރު އިސްލާމްއާބާދުން ފެންނަނީ ތަފާތު މަންޒަރެއްދުނިޔެ | 2 ގަޑިއިރު ކުރިންއެމެރިކާއިން އީރާނުގެ ބޯޓެއް ހައިޖެކްކުރުމުން މަސްރަހު ގޯސްވެ، އަލުން ހަނގުރާމައިގެ ބިރުޚަބަރު | 18 ގަޑިއިރު ކުރިން"ކުފުރާއި ބޮޑާކަމުގެ" ދުޝްމަނުންނާއި ހަނގުރާމަކޮށް އިތުރަށް ނާކާމިޔާބީ ކުރިމަތިކުރުމަށް ތައްޔާރު: އީރާނުދުނިޔެ | 2 ދުވަސް ކުރިން