logo
MPL

MPL

ޚަބަރު

ސިފައިންގެ ލަޝްކަރަކީ ރައްޔިތުންގެ ހިމާޔަތަށް ރުކުރަވައިލައިފައިވާ އެންމެ ގާބިލް ލަޝްކަރު: ރައީސް

މަރިޔަމް މާޙީ
21 އޭޕްރީލު 2026 - 05:14
ސިފައިންގެ ލަޝްކަރަކީ ރައްޔިތުންގެ ހިމާޔަތަށް ރުކުރަވައިލައިފައިވާ އެންމެ ގާބިލް ލަޝްކަރު: ރައީސް

ދިވެހި ސިފައިންގެ ލަޝަކަރަކީ ދިވެހި ރައްޔިތުންގެ ހިމާޔަތާ ރައްކާތެރިކަަމަށް ޓަކައި ރުކުރަވައިލައިފައިވާ އެންމެ ގާބިލް ލަޝްކަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުނު، ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ މެސެޖުގައި ވިދާޅުވީ، ދިވެހި ސިފައިންގެ ޚިދުމަތުގެ ދިގު ތާރީޚުގައި ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ، އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދިވެހި ޤައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކުރައްވަމުން ގެންދަވާ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވަމުން، ރައީސް ވަނީ މި އުފާވެރި އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނާއި އެ ބޭފުޅުންގެ ޢާއިލާތަކަށް އަރިސްކުރައްވާފަ އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކުންނެވެ.

މި އަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މިލިޓަރީ ޕެރޭޑް އޮންނާނީ އަންނަ މެއި މަހުގެ ދޭއްވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގަ އެވެ. މި ހިނގާލުމުގައި ކަނޑާއި، އެއްގަމާއި، ވައިގެ ބާރުގެ ލަޝްކަރުތައް ފެނިގެންދާނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރުލިބޭ ނިޒާމެއް މުހިންމު: ރައީސްޚަބަރު | 14 ގަޑިއިރު ކުރިންބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކޮށް، ވައުދުތައް ފުއްދުމަށް ރައީސް ގޮވާލައްވައިފިޚަބަރު | 15 ގަޑިއިރު ކުރިންދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ސަފުގައި ރައީސް މުޢިއްޒުޚަބަރު | 17 ގަޑިއިރު ކުރިންދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފިޚަބަރު | 20 ގަޑިއިރު ކުރިން