logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނަށް "އެއްބަސްވެވޭ ހުށަހެޅުމެއް" ތައްޔާރުކުރަންދެން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޭޕްރީލު 2026 - 03:35
އީރާނަށް "އެއްބަސްވެވޭ ހުށަހެޅުމެއް" ތައްޔާރުކުރަންދެން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި

ޕާކިސްތާނުގެ އޮފިޝަލުންގެ އެދިލެއްވުމަކަށް، އީރާނުން "އެއްބަސްވެވޭ ހުށަހެޅުމެއް" ތައްޔާރުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، ވޮޝިންޓަނުން އީރާނާއެކު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނުގެ ލީޑަރުންނަށް "އެއްބަސްވެވޭ ހުށަހެޅުމެއް އެކުލަވާލެވެންދެން" އެ ގައުމާ ދެކޮޅަށް އަލުން އަސްކަރީ ފިޔަވަޅު އެޅުން ފަސްކުރުމަށް ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެމެރިކާގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެހެންކަމުން، ކަނޑުގެ މަގުން އަޅާފައިވާ ހުރަސްތައް ދެމެހެއްޓުމަށާއި، އެހެނިހެން ގޮތްގޮތުން ތައްޔާރީ ހާލަތުގައި ތިބުމަށް އަޅުގަނޑު އަސްކަރިއްޔާއަށް އަމުރުކޮށްފީމެވެ. އަދި އެބޭފުޅުންގެ ހުށަހެޅުން ހުށަހަޅައި، މަޝްވަރާތައް ވަކި ގޮތަކަށް ނިމެންދެން ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރާނަމެވެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުގެ ލީޑަޝިޕް އޮތީ "ބޮޑުތަނުން ބައިބައިވެފައި" ކަމަށްވެސް ޓްރަމްޕް އެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

މިކަން އިއުލާނުކޮށްފައި މިވަނީ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިސްކޮށް ހުންނަވައިގެން އެމެރިކާގެ ވަފުދެއް އީރާނާއެކު ދެވަނަ ބުރުގެ ސީދާ މަޝްވަރާތަކަށް އަންގާރަ ދުވަހު އިސްލާމްއާބާދަށް ދިއުމަށް ހަމަޖެހިފައި ވަނިކޮށެވެ. ނަމަވެސް، ވައިޓް ހައުސްގައި ބޭއްވުނު އިތުރު ސިޔާސީ ބައްދަލުވުންތަކެއްގެ ސަބަބުން މި ދަތުރު ލަސްވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

މި މަޝްވަރާތަކަކީ މި މަހުގެ ކުރީކޮޅު ޕާކިސްތާނުގައި ބޭއްވުނު މަތީ ފަންތީގެ ފުރަތަމަ ބުރުގެ ބައްދަލުވުންތަކަށްފަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކެކެވެ. ފުރަތަމަ ބުރުގެ ބައްދަލުވުންތައް ނިމުނީ އެއްވެސް ކުރިއެރުމެއް ނުލިބިއެވެ.

މި މަހުގެ ކުރީކޮޅު ފުރަތަމަ އިއުލާނުކުރި ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ބުދަ ދުވަހަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް "އެއްބަސްވެވޭ ހުށަހެޅުމެއް" ތައްޔާރުކުރަންދެން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންއީރާނުގެ މައްޗަށް އެމެރިކާ ބާރުގެ ބޭނުންކުރުމަށް ދުލެއްނުދޭނަން: އީރާނުގެ ރައީސްޚަބަރު | ދުވަހެއް ކުރިން ދެވަނަ ބުރުގެ މަޝްވަރާގެ ވަގުތު ކުޑަތަންވާއިރު އިސްލާމްއާބާދުން ފެންނަނީ ތަފާތު މަންޒަރެއްދުނިޔެ | ދުވަހެއް ކުރިންއެމެރިކާއިން އީރާނުގެ ބޯޓެއް ހައިޖެކްކުރުމުން މަސްރަހު ގޯސްވެ، އަލުން ހަނގުރާމައިގެ ބިރުޚަބަރު | 2 ދުވަސް ކުރިން