logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގާއެކު ވާދޫ ބަނދަރު ސަރަހައްދުން 18 އަހަރުގެ އަންހެނަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޭޕްރީލު 2026 - 03:51
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ވާދޫން ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ވާދޫން ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ގދ. ވާދޫއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ އަންހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ / ސަންދަރޯސްގެ، މުޙައްމަދު އަޝްރަފް (30އ) އާއި ގއ. މާމެންދޫ / ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު (18އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ވާދޫ ބަނދަރު ސަރަހައްދުންނެވެ.

މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 3.28 ގުރާމް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އަޝްރަފް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގާއެކު ވާދޫ ބަނދަރު ސަރަހައްދުން 18 އަހަރުގެ އަންހެނަކާއި އިތުރު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ މައްސަލަ ބަލަނީޚަބަރު | 18 ގަޑިއިރު ކުރިން3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 2 ދުވަސް ކުރިންރައްޔިތުން ގަބޫލުކުރާފަދަ ނަމޫނާ ފުލުހުންތަކެއް ފެންނަން ބޭނުންވޭ: ސީޕީ ޚަބަރު | 2 ދުވަސް ކުރިން