logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުން ގަބޫލުކުރާފަދަ ނަމޫނާ ފުލުހުންތަކެއް ފެންނަން ބޭނުންވޭ: ސީޕީ

މަރިޔަމް މާޙީ
24 އޭޕްރީލު 2026 - 05:20
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ފުލުހުން
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ފުލުހުން

ފުލުހުންގެ ތަމްރީނު ފުރިހަމަކޮށް އަމަލީ މައިދާނަށް ނުކުންނައިރު، ރައްޔިތުން ގަބޫލުކުރާފަދަ ރަނގަޅު ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އަށް ރޭ ކުރެއްވި ޒިޔާރަތުގައި، އެ ކޮލެޖުގައި ތަމްރީނު ހަދަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒިޔާރަތުގައި ކޮމިޝަނަރ ވަނީ އެ ކޮލެޖުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކުރައްވައި، ކޮލެޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މުރާޖައާކުރައްވާފަ އެވެ. އަދި ފުލުހުންގެ ތަމްރީނުތައް އިތުރަށް ހަރުދަނާކުރުމަށާއި، ޒަމާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭނުންތަކާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވި އެވެ.

މިހާރު ކުރިއަށްދާ ޕޮލިސް އިނީޝަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނާ ބައްދަލުކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ތަމްރީނު މަރުހަލާއަކީ ގާބިލު އަދި އަހުލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ ކަމަށެވެ.

އަދި އަމަލީ މައިދާނަށް ނުކުމެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، ރައްޔިތުން ބަލައިގަންނަ އަދި މުއައްސަސާއިން އެދޭފަދަ ނަމޫނާ ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާތަން ދެކެން ބޭނުންފުޅުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތަމްރީނު މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއެއް. ތަމްރީނު ފުރިހަމަކޮށް ޢަމަލީ މައިދާނަށް މާދަމާ ނުކުމެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުން ގަބޫލުކުރާ، އަދި މުއައްސަސާ އެދޭފަދަ ރަނގަޅު ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވޭ،" ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮމިޝަނަރ ވަނީ އިންސްޓްރަކްޓަރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށް، މުޖުތަމައުގެ އިތުބާރާއި އިހުތިރާމް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހުރިހާ ދަރިވަރުންނަށް އެމަނިކުފާނު ހިތްވަރު ދެއްވި އެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ތަމްރީނުތަކުގެ ފެންވަރު މަތިކުރުމަށާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވަރުގަދަކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުން ގަބޫލުކުރާފަދަ ނަމޫނާ ފުލުހުންތަކެއް ފެންނަން ބޭނުންވޭ: ސީޕީ ޚަބަރު | 4 ގަޑިއިރު ކުރިންމާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިޚަބަރު | 2 ދުވަސް ކުރިންއެމްޑީޕީގެ އެއްވުމުގައި މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިޚަބަރު | 2 ދުވަސް ކުރިންމިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 50 އެކްސިޑެންޓު ޚަބަރު | 2 ދުވަސް ކުރިން