logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު

އައިޝަތު އިނާޝާ
29 އޭޕްރީލު 2026 - 05:37
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ހަވީރު 16:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓުން ވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނިގޮތުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ރާޅުގެ އުސް މިން ހުންނާނީ 5 ފޫޓާއި 2 ފޫޓާއި ދެމެދުގައި ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ މޫސުން ގޯސްވެފަ އެވެ. މޫސުން ގޯސް އިރު، ކަނޑު ދަރުތުފަތުރުކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އަންގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލުޚަބަރު | 2 ގަޑިއިރު ކުރިންކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ: މެޓްޚަބަރު | 4 ދުވަސް ކުރިންއެކިހިސާބަށް ކެރީގެ އަސަރުފޯރައި ގުގުރުން އެކަށީގެންވޭ: މެޓްޚަބަރު | 5 ދުވަސް ކުރިންކެރީގެ އަސަރު ފޯރިޔަސް ވަޔާއި ކަނޑު މަޑުވާނެ: މެޓްޚަބަރު | 10 ދުވަސް ކުރިން