logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ފިލްމު "ލަމްހާ" ސްކްރީނަށް!

ދިވެހި ފިލްމު "ލަމްހާ" ސްކްރީނަށް!

ޑައިރެކްޓަރު މުހައްމަދު ހިލްމީ އެންމެ ފަހުން ތައްޔާރުކުރި ފީޗާ ފިލްމު "ލަމްހާ" އޮލިމްޕަހުގައި ޢާންމުންނަށް ދައްކަން ފަށައިފިއެވެ.

ޢާއިލީ އަދި އިޖުތިމާޢީ ތީމްތަކެއް ގެނެސްދޭ މި ފިލްމު ޕްރިމިއާކުރީ އެ ކަމަށް ޚާއްޞަކޮށް ބޭއްވި ޙަފުލާއެއްގައެވެ. ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ޢާންމުންގެ ބޮޑު ބައިވެރިވުމެއް އެ ޙަފުލާއިން ފެނިގެންދިޔައެވެ. ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސްކޮށް ޑައިރެކްޓް ވެސް ކޮށްފައިވަނީ ޚުދު ހިލްމީ އަމިއްލައަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓައިޓްލް ރޯލުން ފެނިގެންދަނީ އައިޝާ ޢަލީއެވެ. ދެން ލީޑް ރޯލުތަކުން ފެންނާނީ އަޙުމަދު ޝާރިފާއި ނުޒުހަތު ޝުޢައިބާއި އަޙުމަދު ޢީސާ (އާނަންދު) އެވެ. ދިވެހި މުޖުތަމަޢުގެ ޙަޤީޤީ މައްސަލަތަކެއް މުނިފޫހިފިލުވުމުގެ ތެރެއިން ގެނެސްދިނުމަކީ މި ޕްރޮޖެކްޓުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށް ހިލްމީ ބުންޏެވެ.

"މިއީ ވަރަށް ދިގު މުއްދަތެއްގެ ބުރަ މަސައްކަތް. ފުރަތަމަ ޝޯއާ އެކު ބެލުންތެރިންގެ ފީޑްބެކް ވަރަށް ހެޔޮ" ކަމަށް ހިލްމީ ބުންޏެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޝޯތައް ކުރިއަށް ގެންދާނެ ކަމަށާއި ޓިކެޓް މިހާރު އޮލިމްޕަހުން ގަންނަން ލިބޭނެ ކަމަށް ފިލްމުގެ ޓީމުން ހާމަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ފިލްމު "ލަމްހާ" ސްކްރީނަށް!ޚަބަރު | 2 ގަޑިއިރު ކުރިންޑާކްރެއިން އެންޓަޓެއިންމަންޓުން މިފަހަރު ބެލުންތެރިންނަށް ގެނެސްދެނީ "ޖަންނަތު"!ލައިފްސްޓްއިލް | 18 ދުވަސް ކުރިން