ޑާކްރެއިން އެންޓަޓެއިންމަންޓުން މިފަހަރު ބެލުންތެރިންނަށް ގެނެސްދެނީ "ޖަންނަތު"!
13 އޭޕްރީލު 2026 - 12:13

ދިވެހި ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ "ޑާކް ރެއިން އެންޓަރޓެއިންމަންޓް"ގެ ކުރިއަށް އޮތް ފިލްމު ޕޯސްޓަރު އާންމުކޮށްފިއެވެ.
"ޖަންނަތު"ގެ ނަން ދީފައިވާ މި ފިލްމުގައި ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ދެ ތަރިން ކަމަށްވާ ޝަރަފްއާއި ޝުހާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި އިސްމާއިލް ރަޝިދު (ކޮޕީ އިއްސެ)، އަފްރާހް އަދި އަންޖީ ހިމެނެއެވެ.

Ad by Hajj Corporation
އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް އުފައްދާ މި ފިލްމު ޑައިރެކްޓް ކުރާނީ ކާމިޔާބު ޑިރެކްޓަރު އަލީ ޝިފާއު އެވެ.
ޑާކްރެއިން އިން ބުނާ ގޮތުގައި މި ފިލްމަކީ ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކެއްގެ ތެރެއިން އުފާވެރިކަމާއި ހަމަޖެހުން ހޯދަން ކުރާ ދަތުރު ފެންނާނެ ފިލްމެކެވެ.
މި ފިލްމު ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު ކަމަށް ވެސް ޑާކްރެއިންއިން ބުނެ އެވެ.

.gif&w=1920&q=75)
