ހަނިމާދޫ އަދި ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމް ޤާއިމުކޮށްދޭނެ ފަރާތެއް އަލުން ހޯދަނީ
2 މޭ 2026 - 04:40

ހދ. ހަނިމާދޫ އަދި ހއ. ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ޔޫތު މިނިސްޓްރީން އަލުން އިޢުލާނުކޮށްފިއެވެ.

Ad by Hajj Corporation
އެ މިނިސްޓްރީން ބުނީ މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ބީލަންތަކުގެ އަގުތައް އަންދާޒާކޮށްފައިވާ އަގުތަކަށްވުރެ ބޮޑުކަމުން، އެ އިޢުލާން ބާޠިލްކޮށް އަލުން ބީލަމަށް ހުޅުވާލީ ކަމަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 5 މެއި 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ބިޑް ރަޖިސްޓްރީ ފޯމު ފުރިހަމަކޮށް ރަޖިސްޓްރީ ކުރަންޖެހެއެވެ. ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 6 މެއި 2026 ވާ ބުދަ ދުވަހު ބީލަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 14 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި ޔޫތު މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ.


