logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވައިދާ ހިލާފަށް ހޯކްސް އަށް ބިމެއް ދިން މައްސަލާގައި ހޯރަފުށީ ކުރީގެ ކައުންސިލަރުންނަށް ދައުވާ ކުރަނީ

އަޙުމަދު ރިޝާން
9 ޖުލައި 2026 - 06:23
Hoarafushi
Hoarafushi

ގަވައިދާ ހިލާފަށް، ހޯކްސް ކުންފުންޏަށް ބިމެއް ދިން މައްސަލައަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހއ. ހޯރަފުށީ ކުރީގެ ކައުންސިލަރުންނަށް ދައުވާ ކޮށްދިނުމަށް އެދި ފީޖީ އޮފީހަށް ފޮނުވައިފި އެވެ.

ތެލުގެ ވިޔަފާރި ކުރުމަށް ހޯކްސް ކުންފުންޏަށް ހޯރަފުށިން ދީފައި ވަނީ 5،000 އަކަ ފޫޓްގެ ބިމެކެވެ. އޭސީސީ އިން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު، ޕީޖީ އަށް ފޮނުވުމުން މި މައްސަލަ ޕީޖީ ވަނީ ބަލައިގެންފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ ހޯރަފުށީ ނިމިދިޔަ ދައުރުގެ ރައީސް މުހައްމަދު ވަހީދާއި، ނައިބް ރައީސް އަހްމަދު އިމްދާހު އަދި  ކައުންސިލް މެންބަރު އަހްމަދު ރައޫފާއި، އިބްރާހީމް ޝާކިރާއި، އާމިނަތު ވިސާމާ، އާމިނަތު ނާސިހާގެ އިތުރުން މަރިޔަމް ވަކީލާގެ މައްޗަށެވެ.

މި ފަރާތްތަކަށް ދައުވާ ކުރުމަށް އެދިފައި ވަނީ ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވައިދާ ހިލާފަށް ހޯކްސް އަށް ބިމެއް ދިން މައްސަލާގައި ހޯރަފުށީ ކުރީގެ ކައުންސިލަރުންނަށް ދައުވާ ކުރަނީޚަބަރު | ދުވަހެއް ކުރިންހަނިމާދޫ އަދި ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމް ޤާއިމުކޮށްދޭނެ ފަރާތެއް އަލުން ހޯދަނީޚަބަރު | 2 މަސް ކުރިން