logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ ކައުންސިލަރުން ހުވާކުރުން ސޯޝަލް ސެންޓަރުގައި

އައިޝަތު ނަޝާ
4 މޭ 2026 - 05:31
މާލޭގެ ކައުންސިލަރުން ހުވާކުރުން ސޯޝަލް ސެންޓަރުގައި

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމީ ވީހާވެސް ގިނަ ބަޔަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތަށް ދައުލަތުގެ އިސްވެރިންނާއި، ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން، ކައުންސިލަރުން ހުވާކުރުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލެވެ. އެލްޖީއޭ އިން ވަނީ އާ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބާއްވަންޖެހޭ ގޮތުގެ ތަފްސީލީ އުސޫލުތައް ކައުންސިލްތަކާ ހިއްސާކޮށްފައެވެ.

އެލްޖީއޭގެ އިރުޝާދުގައިވާ ގޮތުން، ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ރަށެއްގައި އާންމުކޮށް އިއުލާން ކުރަންޖެހޭނެއެވެ. އަދި ރަސްމިއްޔާތު އޮންނަ ވަގުތަށް ފަނޑިޔާރަކަށް ހާޒިރުނުވެވޭ ހާލަތްތަކުގައި، އޮންލައިންކޮށް ހުވާލައިދިނުމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބާއްވާނެ ސީދާ ވަގުތުތައް މި ހަފުތާގެ ތެރޭގައި ފައިނަލްކޮށް، ހުރިހާ ކައުންސިލްތަކަށް އަންގާނެ ކަމަށް އެލްޖީއޭ އިން ވަނީ ހާމަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ކައުންސިލަރުން ހުވާކުރުން ސޯޝަލް ސެންޓަރުގައިޚަބަރު | 2 ގަޑިއިރު ކުރިންމާލެ އާއި ވިލިމާލޭގައި އާއްމުކޮށް ފެންނާނެ ގޮތަށް ގޭގެ ނަންބޯޑު ހަރުކުރަން އަންގައިފިޚަބަރު | 6 މަސް ކުރިންމަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ ޚަބަރު | 9 މަސް ކުރިން 25 އަހަރުގެ ތަޖުރިބާއާއެކު ވަޑައިގެންނެވި މޭޔަރަށް އޮޑިޓްކުރަންޖެހޭކަންވެސް ނޭނގެނީތޯ؟ރިޕޯޓް | 9 މަސް ކުރިން