logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާ އިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާ އިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުންނަށް ސްރީލަންކާއިން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.

ރައީސްގެ ދެ ކަނބަލުންނަށް މަރުހަބާ ދަންނަވާފައިވަނީ އެކަމަށްޓަކައި ސްރީލަންކާގެ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަށް 21 ބަޑީގެ ސަލާމެއް އަރުވާ، އަދި އެމަނިކުފާނަށް ރަސްމީ ކުރުނީހެއްވެސް އަރުވާފައިވެއެވެ.

ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ ޤައުމީ ސަލާމުންނެވެ.

މިރަސްމީއްޔާތުގައި ސްރީލަންކާގެ ސަރުކާރުގެ އިސްވެރިން ވަނީ ބައިރިވެވަޑައިގަންނަވާފައެވެ. އަދި ދިވެހި ސަރުކާރުގެ ވަފުދުގެ ފަރާތުން މި ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

މިރަސްމީއްޔާތަށް ފަހު ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ ތެރޭގައި، ތައުލީމާއި، ފަންނީ ތަމްރީނާއި، އިޤްޞާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަޤުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ އައު މަގުތައް ހޯދުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭނުމަކީ މި އެއްބަސްވުންތަކުން ރައްޔިތުންނަށް ފައިދާއެއް ނެރެ ދިނުން: ރައީސްޚަބަރު | 15 މިނިޓު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާ އިން ރަސްމީކޮށް މަރުހަބާ ދަންނަވައިފިޚަބަރު | 2 ގަޑިއިރު ކުރިންގިނަ ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމަށް ލަންކާ އާއެކު މަޝްވަރާކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުންނަށް ލަންކާއިން ހޫނު މަރުޙަބާއެއް!ޚަބަރު | 19 ގަޑިއިރު ކުރިން