logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭނުމަކީ މި އެއްބަސްވުންތަކުން ރައްޔިތުންނަށް ފައިދާއެއް ނެރެ ދިނުން: ރައީސް

އައިޝަތު ނަޝާ
4 މޭ 2026 - 08:12
ބޭނުމަކީ މި އެއްބަސްވުންތަކުން ރައްޔިތުންނަށް ފައިދާއެއް ނެރެ ދިނުން: ރައީސް

ރާއްޖެ އާއި ސްރީލަންކާ އާ ދެމެދުގައި މިއަދު ވެވުނު މި އެއްބަސްވުންތަކުން، ބޭނުން ވަނީ ރައްޔިތުންނަށް ފައިދާއެއް ނެރެ ދޭންކަމަށާއި،އަމާޒަކީ ނަތީޖާ ނެރެދިނުމާއި ތަންފީޒުކުރުން ކަމުގައި ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އަދި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ދެމެދުގައި މުހިންމު ހަތް އެއްބަސްވުމެއް ބަދަލުކޮށްފައެވެ. އޭގެކުރިން، ރާއްޖެ އާއި ލަންކާއާ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ލަންކާގެ ރައީސްއާ އެކީގައި ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުނު ކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުމާއި ބައިނަލްއަގުވާމީ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ، ސިއްހީ ދާއިރާ، ދިފާއީ ދާއިރާ، ތައުލީމީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު، ފިޝަރީޒް ދާއިރާ، ތިމާވެށި އަދި އުމްރާނީ ތަރައްގީގެ ދާއިރާ އިން ރާއްޖެ އާއި ލަންކާއާ ދެމެދު މަޝްވަރާ ކުރެވުނު ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްބަސްވުންތަކުގެ ސަބަބުން މަތީ ތައުލީމުގެ ދާއިރާ، ޓްރެއިނިން އަދި އާކައިވް ކޯޕަރޭޝަން، ސިއްހީ ދާއިރާ، ދިފާއީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު، ފަތުރުވެރިކަމުގެ ދާއިރާ އިން ގުޅުން ވަރުގަދަވެގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ލަންކާ އާ އެކީގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ އިން ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަން ހާމަކުރައްވައިފައެވެ. އަދި އިންވެސްޓަރުންނާ ގާތް މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދީ ވިޔާފާރީގެ އިތުރު ފުރުސަތުތައް ހުޅުވާލުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭނުމަކީ މި އެއްބަސްވުންތަކުން ރައްޔިތުންނަށް ފައިދާއެއް ނެރެ ދިނުން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާ އިން ރަސްމީކޮށް މަރުހަބާ ދަންނަވައިފިޚަބަރު | 3 ގަޑިއިރު ކުރިންގިނަ ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމަށް ލަންކާ އާއެކު މަޝްވަރާކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުންނަށް ލަންކާއިން ހޫނު މަރުޙަބާއެއް!ޚަބަރު | 21 ގަޑިއިރު ކުރިން