logo
Bank of Maldives

Bank of Maldives

ޚަބަރު

ޢީދުވިލޭރޭ ރ. ވާދޫގައި ހަވާއަރުވަނީ

ޢީދުވިލޭރޭ ރ. ވާދޫގައި ހަވާއަރުވަނީ

މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ރ. ވާދޫގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށް މެންދުރު ޓީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

މެންދުރު ޓީވީއަށް އެނގިފައިވާ ގޮތުގައި، 26 ވަނަ ދުވަހުގެ ރޭ އެ ރަށުގައި ހަވާއަރުވަނީ މިއަހަރުގެ ބޮޑު ޢީދަށް މަރުހަބާ ކިޔުމަށް ކުރިއަށް ގެންދާ ހަރަކާތެއްގެ ގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެކެވެ.

ޚާއްސަ ހަރަކާތްތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވާދޫގެ ތާރީޚުގައި ވެސް ނުދެކޭ ފަދަ ކުލަގަދަ ހަރަކާތްތަކަކާ އެކު މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް އެ ރަށުން އަންނަނީ ތައްޔާރީތައް ވަމުންނެވެ.

އެ ރަށުން މަޢުލޫމާތު ދެއްވި ފަރާތަކުން ވިދާޅުވީ، އެންމެ ޚާއްޞަ ކަމަކީ ޢީދުވިލާރޭ އެ ރަށުގައި ފުރަތަމަ ފަހަރަށް ހަވާ އެރުވުން ކަމަށެވެ. ހަވާގެ އިތުރުން މެއި 30 ވަނަ ދުވަހުގެ ރޭ ބާއްވާ ޢީދު ޝޯގައި ރަށާއި ރަށުން ބޭރުގެ ފަންނާނުން ބައިވެރިވާ އިރު، "ހިޔަލަ" ގުރޫޕުގެ ފަންނުވެރިންގެ ޚާއްޞަ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޑިކުޅުމާއި ތަކުރުނެރުން ފަދަ ކޮންމެ އަހަރަކު ވެސް ޢީދުގައި ކުޅޭ ސަގާފީ ކުޅިވަރުތައް މިފަހަރު ވެސް އޮންނާނެއެވެ. އެއާ އެކު ފެންކުޅި ހިމެނޭ ގޮތަށް ތަފާތު އިތުރު ކުޅިވަރުތައް ވެސް ރާވަމުން އަންނަ ކަމަށް އެ ފަރާތުން ވިދާޅުވިއެވެ. މި ހުރިހާ ހަރަކާތެއް ރޭވުމުގެ ފަހަތުގައި އިންތިޚާބީ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ އިސް ދައުރެއް އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށުގެ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވާދޫ ކައުންސިލުން "ޒުވާނުންގެ އަޑު"ގެ ނަމުގައި ސިލްސިލާކޮށް ބައްދަލުވުން ބާއްވަނީޚަބަރު | 2 ދުވަސް ކުރިންރ. ވާދޫގެ ސާފުތާހިރުކަން: ނަމޫނާ ސަގާފަތެއްރިޕޯޓް | 7 ދުވަސް ކުރިންރ. ވާދޫގައި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރަނީޚަބަރު | 13 ދުވަސް ކުރިންރ. ވާދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ފިޓްނަސް ޕްރޮގްރާމެއް ފަށައިފިޚަބަރު | 15 ދުވަސް ކުރިން