logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންނަށް ދޭ އަދަބެއް ނޫން، ބޭނުމަކީ ހައްގުތައް ހިމާޔަތްކުރުން: ރައީސް

މަރިޔަމް މާޙީ
11 މޭ 2026 - 09:47
އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންނަށް ދޭ އަދަބެއް ނޫން، ބޭނުމަކީ ހައްގުތައް ހިމާޔަތްކުރުން: ރައީސް

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" އަކީ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމަށް ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށާއި، އެ އޮޕަރޭޝަންގެ އަސްލު ބޭނުމަކީ ބިދޭސީންގެ ހައްގުތައް ހިމާޔަތްކޮށް، އެމީހުންގެ ކަންކަން ރަނގަޅު ގޮތެއްގައި ތަރުތީބު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ، ރާއްޖޭގައި ބިދޭސީންގެ ކަންކަން ހިންގައި ބަލަހައްޓައިފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށާއި ، ބިދޭސީންގެ އިންސާނީ ކަރާމާތައް ވެސް އުނިކަން އަންނަ ގޮތަށް ކަންކަން ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މި ސަރުކާރުން ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކީ ކޮންބައެއްކަން ދެނެގަނެ، އެމީހުންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ހިންގި މި ޚާއްސަ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 98 އިންސައްތަ ދެނެގަނެ، ބަޔޯމެޓްރިކަލީ ދެނެގަނެވޭ ގޮތަށް ފޮޓޯ ނަގައި 10 އިނގިލީގެ ނިޝާން ރެކޯޑު ކުރުމުގެ މަސައްކަތް ވަނީ ނިންމައިލައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 4 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 8 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 8 ގަޑިއިރު ކުރިން