logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރު ފަސް އަހަރު ވަންދެން ދެމި އޮންނާނެ، ވައްޓައެއް ނުލެވޭނެ: ސަލީމް

އައިޝަތު ނަޝާ
13 މޭ 2026 - 04:04
މި ސަރުކާރު ފަސް އަހަރު ވަންދެން ދެމި އޮންނާނެ، ވައްޓައެއް ނުލެވޭނެ: ސަލީމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރު ފަސް އަހަރުގެ ދައުރު ހަމަވަންދެން ދެމި އޮންނާނެ ކަމަށާއި، މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

މިއީ ދެ އަހަރާއި ބައިގެ ސަރުކާރެއް ކަމަށާއި މި ސަރުކާރު ނިންމާނެ ކަމަށް ބުނެ ’އެކްސް‘ ގައި މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ މި ސަރުކާރަކީ ވެސް ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރު ވައްޓާލުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދާދިފަހުން ބޭއްވި އިންތިހާބުތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ދެކޭ ހުވަފެން ހަގީގަތަކަށް ނުވާނެ ކަމަށްވެސް ސަލީމް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރު ފަސް އަހަރު ވަންދެން ދެމި އޮންނާނެ، ވައްޓައެއް ނުލެވޭނެ: ސަލީމްޚަބަރު | 2 ގަޑިއިރު ކުރިން