logo
Bank of Maldives

Bank of Maldives

ޚަބަރު

ޤާނޫނުތައް ތަންފީޒު ކުރެވޭނެ، އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ: ހީނާ

އައިޝަތު އިނާޝާ
13 މޭ 2026 - 05:55
ޤާނޫނުތައް ތަންފީޒު ކުރެވޭނެ، އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ: ހީނާ

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިދައިން ވިދާޅުވީ އަދަދު ނޫހުން އާންމު ކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން، ޝަރީއަތް ނިމެންދެން ވަކި ގޮތަކަށް އަމަލުކުރުމަށް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލަ ސާބިތުވެ ދެ ނޫސްވެރިން ޖަލަށް ލުމަށް ހުކުމްކުރުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ މިއަދު މިއުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން، އަދި ނިގުޅައިގަނެގެން އަތުލައިގަނެގެނެއް ވެސް ނޫން ކަމަށެވެ. ހީނާ ވިދާޅުވީ މިއަދު މިއުޅެނީ މި ޙައްޤުތައް އޭގެ އެއްވެސް ޙައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަކަށް ކޯޓަކަށް ނުގެންދޭ. ޖަލަކަށްވެސް ނުލާ. އަދި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތުވެސް ލިބޭ: ހީނާ

ހީނާ ވިދާޅުވީ ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް ޢަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ޚިލާފުވާން ފުރުޞަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށެވެ. އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ ކަމަށެވެ. އަދި ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވިގޮތުގައި ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤާނޫނުތައް ތަންފީޒު ކުރެވޭނެ، އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ: ހީނާޚަބަރު | 2 ގަޑިއިރު ކުރިން