logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖާޖީންނަށް ވީއައިއޭގައި ހާއްސަ އަދި ފުރިހަމަ އިންތިޒާމުތަކެއް!

ޙައްޖާޖީންނަށް ވީއައިއޭގައި ހާއްސަ އަދި ފުރިހަމަ އިންތިޒާމުތަކެއް!

1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ހާއްސަ އިންތިޒާމުތަކެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް - އެމްއޭސީއެލްއިން ހަމަޖައްސައިފިއެވެ.

މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެނޑް އެންޑައުމަންޓްސް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރު ރާއްޖެއިން ފުރާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓް އަދި ސައުދިއާގެ ދެ ފްލައިޓްއިންނެވެ. މި ފްލައިޓްތަކުން ފުރާ ޙައްޖާޖީންނަށް މައްކާރޫޓް އިނިޝިއޭޓިވްގެ ދަށުން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފައެވެ. މި ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަދުވަހު އެވެ.

WhatsApp Image 2026-05-13 at 17.15.39 (1).jpeg

މީގެ ތެރެއިން 15 މޭ 2026 ވާ ހުކުރު ދުވަހު ފުރުމަށް ހަޖެހިފައިވާ، ސައުދީއާގެ ފުރަތަމަ ފްލައިޓުން 242 ޙައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދުވަހު ޙައްޖުވެރިން ގޮވައިގެން އެއަރޕޯޓަށް އަންނަ ބަސްތައް މަޑުކުރާނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށެވެ. އަދި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު އެހެން އަހަރުތަކެކޭ އެއްފަދައިން ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ހަމަޖައްސާފައިވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.   

މީގެ އިތުރުން ، 17، 18 އަދި 19 ވަނަ ދުވަހު ފުރާ ޙައްޖާޖީންގެ ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ޑޮރޮޕް އޮފް އަށެވެ. އަދި މިދުވަސްތަކުގައި ޙައްޖާޖީން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.

ޙައްޖާޖީން ފުރުމަށް ހަޖަހިފައިވާ ވަގުތުތަކުގައި، ފުރުމުގެ އެންމެހާ ކަންކަން ފަސޭހަކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއަރޕޯޓުގެ އޮފިޝަލުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިޚަބަރު | 15 ދުވަސް ކުރިން އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތްކުރާނަން: އެމްއޭސީއެލްޚަބަރު | 21 ދުވަސް ކުރިންވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް: އެމްއޭސީއެލް އެމްޑީވިޔަފާރި | މަހެއް ކުރިންހައްޖާޖީން ރާއްޖެ އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ!ޚަބަރު | މަހެއް ކުރިން